ތަހުޒީބީ މުޖުތަމައުއެއްގައި އިލްމުދެކެ ލޯބިވާ އިލްމަށް ފެންބޮވައިގެންފައިވާ މީހުން ތިބެންޖެހޭ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެެވެ.
މިނިސްޓަރ މިހެން ވިދާޅުވީ އިސްލާމިކް ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ހަފްލާގައި ވާހަކަދައްކަވަމުން ނެވެ.
މިހާރުކުރިއަށްދާ މި ހަފުލާގައި މިނިސްޓަރ ވިދާޅުވީ އިލްމު އުނގެނޭ ކޮންމެ މީހަކު ވެސް ވާން ވާނީ އަބަދުވެސް އައު ކަމެއް ދަސްކޮށް އުނގެނެން ބޭނުންވެފައިވާ ބައެއްގެ ގޮތުގައި ކަމަށެވެ. އަދި ތައުލީމީ ޖީލެއް އަދި އިލްމީ މުޖުތަމައުއެއް ބިނާކުރެވޭނީ އިލްމާއި އިލްމީ ދިރާސާތަކުގެ މައްޗަށް ހޯދާ ހޯދުންތަކަށް ކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ އިލްމީ މުޖުތަމައުއެއް ބިނާކުރަން އިލްމު ހިއްސާކޮށް އިލްމާ މެދު ވާހަކަދައްކާ ބަހުސް ކުރަން ފުރުސަތު ލިބެން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
"ދަސްވެނިވާ ކޮންމެ މީހެއްގެ ގައިގަވެސް ދެތިން ސިފައެއް ހުރުން ލާޒިމް. އެއީ ހިތް ތިރިކަމާއި، ތިމާއަށް ވުރެ ނިކަމެތި މީހުންނަށް އިހްތިރާމްކުރުން. އަދި ކޮންމެ މީހަކު ވެސް ތިމާއަށް އެނގިފައިވަނީ ތައުލީމީ ގޮތުން ކުޑަ މިންވަރެއް ކަމާއި، ތިމާ ތައުލީމް ހާސިލްކޮށްފައިވާ ދާއިރާއަކުން މާ އިލްމީ ބޭފުޅަކު ވެސް ހުރެދާނެކަން ގަބޫލުކުރަން ވާނެ." މިނިސްޓަރ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް