ފުލުހުންގެ މުއައްސަސާ ހޯމް މިނިސްޓްރީގެ ދަށުން ވަކިކޮށްފި އެވެ.
މިކަން މިގޮތަށް ނިންމަވާފައިވަނީ ރައީސް އޮފީހުން، 14 އޮކްޓޯބަރ ވަނަ ދުވަހު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ފޮނުވި ސިޓީއެއްގަ އެވެ.
އެ ސިޓީގައި ބުނެފައިވަނީ 5/2008 ފުލުހުންގެ ޤާނޫނުގެ ދަށުން އުފައްދަވައި މިނިސްޓްރީ އޮފް ހޯމް އެފެއަރޒުގެ ދަށުން ހިންގަމުންދާގޮތަށް ހަމަޖައްސަވާފައިވާ "މޯލްޑިވްސް ޕޮލިސް ސަރވިސް" އަކީ ޤާނޫނު ނަންބަރު 34/2020 (ދިވެހި ފުލުހުންގެ ހިދުމަތުގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ "ދިވެހި ފުލުހުންގެ ޚިދުމަތް" ކަމުގައި އެ ޤާނޫނުގައި ބަޔާން ކުރާތީއާއި، އެ ޤާނޫނުގައި ދިވެހި ފުލުހުންގެ ހިދުމަތަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިންގުމަށް ކަނޑައަޅާފައިވާ މުއައްސަސާއަކަށް ނުވާތީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސް ހިންގަމުން ދާގޮތަށް ހަމަޖައްސާފައި އޮތް އޮތުން 2021 މާޗު 27 ވަނަ ދުވަހުގެ ފެށިގެން ނިމިމަކަށް ގެނެވިފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ސިޓީގައި އިތުރަށް ބުނެފައިވަނީ އެ މިނިސްޓްރީގެ މަސައްކަތް ދެން ކުރަން ހަމަޖައްސާފައިވާ ގޮތުގެ ލިޔުމެއް ރައީސް އޮފީހުން މިނިސްޓަރު އިމްރާނަށް ފޮނުވާފައިވާ ކަމަށެވެ.
މިކަމާއި ގުޅިގެން ސަރުކާރުގެ ރަސްމީ އެއްވެސް އިދާރާއަކުން މިހައިތަނަށް ބަހެއް ވިދާޅެއް ނުވެއެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް