ބޯޑަރު ހުޅުވާލި ފަހުން އެންމެ ގިނަ ފަތުރުވެރިން އައީ މިމަހު 16ގައި

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލި ފަހުން އެންމެ ގިނަ ޓޫރިސްޓުން އައި ދުވަހަކަށް މިމަހު 16 ވަނަ ދުވަސް ވެއްޖެ އެވެ. ޓޫރިޒަމް މިނިސްޓްރީން ބުނި ބޯޑަރު އަލުން ހ...

18 Oct 2021 | 17:00

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލި ފަހުން އެންމެ ގިނަ ޓޫރިސްޓުން އައި ދުވަހަކަށް މިމަހު 16 ވަނަ ދުވަސް ވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ބޯޑަރު އަލުން ހުޅުވި ފަހުން އެއް ދުވަހާ އެންމެ ގިނަ ޓޫރިސްޓުން އައި ދުވަހުގެ ގޮތުގައި އެ ދުވަސް ރެކޯޑޫ ކުރެވިފައިވާ ކަމަށެވެ.

މިމަހުގެ 16 ވަނަ ދުވަހު ރާއްޖެއަށް 6،197 ޓޫރިސްޓުން އައިސްފަވެ އެވެ.

އެ މިނިސްޓްރީން ވަނީ މިއީ ބޯޑަރު ހުޅުވާލިފަހުން ރެކޯޑް އަދަދެއްކަން ފާހަގަ ކޮށް ފަތުރުވެރިކަމުގެ ދާއިރާގައި އެކި ގޮތްގޮތަށް ހިއްސާވާ ފަރާތްތަކަށް މަރުޚަބާ ވިދާޅުވެފައިވެއެވެ.

https://twitter.com/MoTmv/status/1450085398546292737

މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މިދިޔަ އޮގަސްޓު މަހުއެވެ. އެގޮތުން އެމަސްތެރޭގައި ވެސް އެއްދުވަސް ތެރޭގައި ރެކޯޑް އަދަދަކަށް 5000 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް