ކޯވިޑްގައި އައްޑޫން މިމަހު ތިން ވަނަ މަރު، މިރޭ މަރުވީ 87 އަހަރުގެ މީހެއް

ކޯވިޑް-19 އަށް ފަރުވާ ދެމުން ދަނިކޮށް މީހަކު މަރުވެއްޖެ އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު މަރުވެފައިވަނީ އުމުރުން 87 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ މިރ...

18 Oct 2021 | 15:53

ކޯވިޑް-19 އަށް ފަރުވާ ދެމުން ދަނިކޮށް މީހަކު މަރުވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު މަރުވެފައިވަނީ އުމުރުން 87 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ މިރޭ 6:35 ގައި އެވެ.

އެމީހާ މަރުވި އިރު ފަރުވާ ދެމުން ދިޔައީ އައްޑޫ ކޯވިޑް މެނޭޖްމެންޓު ފެސިލިޓީގައި އެވެ.

މިއީ މިމަހު ކޯވިޑްގައި އެ ސިޓީން މަރުވި ތިން ވަނަ މީހާ އެވެ.

މިމަހުގެ އަށް ވަނަ ދުވަހާއި މިދިޔަ ބުދަ ދުވަހުވެސް އެ ސިޓީގެ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން ދުވަސްވީ ދެމީހުން މަރުވެފައިވެ އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑްގައި 239 މީހުން މަރުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް