ޗައިނާއިން ގަންނަ އަސްކަރީ އާލާތްތައް އަބަދު މަރާމާތު ކުރަން ޖެހޭތީ ޕާކިސްތާނުން ރުޅިގަދަވެއްޖެ!

ޗައިނާ އިން ގަންނަ އަސްކަރީ އާލާތްތައް އަބަދު މަރާމާތު ކުރަން ޖެހޭތީ އެންމެ ފަހުން ޕާކިސްތާނުން ރުޅިއަތުވެއްޖެ އެވެ. ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމުގެ ތެރެއިން ހިލޭ އެހީ އާއި ލޯނާއި ގަނެގެން...

18 Oct 2021 | 15:37

ޗައިނާ އިން ގަންނަ އަސްކަރީ އާލާތްތައް އަބަދު މަރާމާތު ކުރަން ޖެހޭތީ އެންމެ ފަހުން ޕާކިސްތާނުން ރުޅިއަތުވެއްޖެ އެވެ.

ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމުގެ ތެރެއިން ހިލޭ އެހީ އާއި ލޯނާއި ގަނެގެން އަސްކަރީ އެންމެ ފަހުގެ އާލާތްތައް ޕާކިސްތާނުން ޗައިނާ މެދުވެރިކޮށް ހޯދަ އެވެ.

މީގެ ކުރިންވެސް ދިމާވާ އަބަދު މަރާމާތު ކުރަން ޖެހުމުގެ މި މައްސަލައިގަ ޕާކިސްތާނުން އެންމެ ފަހުން ސީރިއަސްވެ ރުޅިއަންނަން ޖެހުނީ މި ފަހުން ޗައިނާއިން ގަތް ޒަމާނީ އަސްކަރީ އާލާތްތަކެއް ހަލާކުވިލެއް އަވަސްވުމާއި އެތައް ފަހަރަކު މަރާމާތުކޮށްގެންވެސް އޮޕަރޭޝަނަށް ގެނެވޭވަރު ނުވުމުންނެވެ.

މިފަހުން އެގައުމުން ގަތީ އަސްކަރިއްޔާގައި ބޭނުން ކުރަން ތިން ޑްރޯން އާއި ޕައިލެޓަކާއި ނުލައި ތަންތަން ބަލާ ފާސްކުރަން ބޭނުން ކުރާ އުދުހޭ ކުދި ބޯޓުތަކެކެވެ. މި ތަކެތި ޕާކިސްތާނަށް ފޯރުކޮށްދިނީ މިއަހަރުގެ ޖެނުއަރީ މަހު އެވެ.

ޕާކިސްތާނު އަސްކަރިއްޔާ އާއި ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ޕައިލެޓަކާއި ނުލާ އުދުހޭ ކުދި ބޯޓުތައް ބޭނުން ކުރެވުނީ ދެތިން ފަހަރު އެވެ. އަދި ޑްރޯންތަކުގެ ފޮޓޯ ކޮލިޓީ އާއި ވީޑިއޯ ކޮލިޓީ ދަށްކަމުން ރޭގަނޑު ބޭނުން ނުކުރެވޭ ކަމަށާއި އެ ޑްރޯންތައް ބޭނުން ކުރާއިރު ގޮވާ އަޑާއި މައްސަލަައް ގިނަ ކަމުން ބޮޑު މުސީބާތާކަށް ވެފައިވާ ކަމަށެވެ.

އެތަކެތި މަރާމާތު ކުރުމަށް އެ އާލާތްތައް ގަތް ޗައިނާގެ ދެ ކުންފުންޏާއި ޕާކިސްްތާނު އަސްކަރިއްޔާއިން މަޝްވަރާ ކުރުމުން މިހާރު ދެތިން ފަހަރު ހަދައިދީފައިވާ ކަމަށްވެ އެވެ. އެކަމަކު އޭގެ ފަހުންވެސް އުދުހޭ ބޯޓުތަކާއި ޑްރޯންތައް ހަލާކުވާތީ ޕާކިސްތާނުން އެންމެ ފަހުން ރުޅިއައީ އެވެ.

ޕާކިސްތާނު ސަރުކާރުން ވަނީ ވީހާވެސް އަވަހަކަށް އެތަކެތީގެ ބަދަލުގައި މުޅިން އާ ކޮލިޓީ އެއްޗެހި އަލުން ތައްޔާރުކޮށްދިނުމަށް އެ ކުންފުނިތަކަށް އަންގާފަ އެވެ. އެކަމަކު ޕާކިސްތާނުން ބުނީ އެ ގައުމުގެ އެންގުން ޗައިނާގެ ކުންފުނިތަކުން މާ ސީރިއަސްކޮށް ނަގާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް