މުހައްމަދުއަބޫބަކުރު (މާއެނބޫ) އުފައްދާ ވެބް ސީރީޒް "ސިއްރު" މި އޮކްޓޯބަރ މަހުގެ 21 ގައި ރިލީޒުކުރަން ނިންމައިފި އެވެ.
މި ސީރީޒް ދެއްކުމަށް ހަމަޖެހިފައިވަނީ "ބައިސްކޯފު" ގަ އެވެ.
"މީ ޕްރޮޑަކްޝަން" އިން ޕްރޮޑިއުސްކުރާ މި ސީރީޒްގެ ލީޑް ރޯލުން ފެނިގެންދާނީ އަޙްމަދު އާސިމް (ސެކްރެޓަރީ) އާއި ހައްވާ ޝާދިޔާ (ޝާ)، އާމިނަތު ޝުހާ، އަޙްމަދު ޝަރީފް ވަނީ މުހިންމު ރޯލެއް އަދާކޮށްފައި ކަމަށް ވަނީ މައުލޫމާތު ލިބިފަ އެެވެ.
ޝަމާހް އިބްރާހީމް ކެމެރާ ކޮށްފައިވާ މި ސީރީޒަަށް ބެކް މިއުޒިކް ހަދައިދީފައިވަނީ އައްޔުމަން ޝަރީފް އެވެ. އަދި އެޑިޓްކޮށްފައިވަނީ މުޙައްމަދު ޝިފުއާން އެވެ.
މި ސީރީޒްގެ ވާހަކަ ޝަމާހު ލިޔެފައިވާ އިރު، 5 އެޕިސޯޑަށް އުފައްދާފައިވާ މި ސީރީޒް ޑައިރެކްޓްކޮށްފައިވަނީ މުޙައްމަދު އަބޫބަކުރު (މާއެނބޫ) އެވެ.
މީ ޕްރޮޑަކްޝަނުން އެންމެ ފަހުން ގެނެސްދީފައިވަނީ މާއެނބޫ ޑައިރެކްޓްކޮށްފައިވާ ވެބް ސީރީޒް ”އަހަރެންވެސް ލޯބިވޭ“ ގެ ދެވަނަ ސީޒަން އެވެ. އެ ސީރީޒް ވެސް ގެނެސްދީފައިވަނީ މިއަހަރު ކުރީކޮޅު ބައިސްކޯފުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް