ފީވަކު ފަޅަށް ވަންނަން އުޅުނު ދޯންޏެއް ބަންޑުން ޖަހާލައިފި

ށ. ފީވަކު ފަޅަށް ވަންނަ އުޅުނު ދޯންޏެއް ބަންޑުން ޖަހާލައިފި އެވެ. މި ހާދިސާ ހިނގީ ހަވީރު4:30 ހާއިރު އެވެ. އެމްއެންޑީއެފުން ބުނީ އެ ދޯންޏަކީ ހދ. ކުޅުދުއްފުށީ ސިޓީން ފުރައިގެން އެ ރަށަށް ދިޔަ ދޯންޏެއް ކ...

18 Oct 2021 | 14:35

ށ. ފީވަކު ފަޅަށް ވަންނަ އުޅުނު ދޯންޏެއް ބަންޑުން ޖަހާލައިފި އެވެ.

މި ހާދިސާ ހިނގީ ހަވީރު4:30 ހާއިރު އެވެ.

އެމްއެންޑީއެފުން ބުނީ އެ ދޯންޏަކީ ހދ. ކުޅުދުއްފުށީ ސިޓީން ފުރައިގެން އެ ރަށަށް ދިޔަ ދޯންޏެއް ކަމަށެވެ.

އެއީ ކުޑަ ދޯންޏެއް ކަމަށް މައުލޫމާތުދެ އެވެ.

ދޯނި ބަންޑުން ޖަހާލި އިރު އޭގައި ތިން މީހުން ތިއްބެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

މި ދޯނި ފުން ކުރުމުގެ މަސައްކަތް ފީވަކު ރައްޔިތުންނާއި ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް