ކުޅުދުއްފުށީ އަންހެނުންގެ ކޮމިޓީން މޭކަޕް ކޯހެއް މުޅިން ހިިލޭ!

ހދ. ކުޅުދުއްފުށީ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން އިސްނަގައިގެން ހިލޭ މޭކަޕް އަދި ހެއަރ ޑްރެސިން ދަސްކޮށްދޭ ކޯހެއް ފަށަން ނިންމައިފިއެވެ. އެ ކޮމިޓިން މިއަދު އިއުލާނު ކުރިގޮތ...

18 Oct 2021 | 12:24

ހދ. ކުޅުދުއްފުށީ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން އިސްނަގައިގެން ހިލޭ މޭކަޕް އަދި ހެއަރ ޑްރެސިން ދަސްކޮށްދޭ ކޯހެއް ފަށަން ނިންމައިފިއެވެ.

އެ ކޮމިޓިން މިއަދު އިއުލާނު ކުރިގޮތުގައި މި ކޯހަކީ ހިލޭ މޭކަޕް ކުރުމުގެ ހުނަރު ދަސްކޮށްދިނުމަށް ހަމަޖެހިފައިވާ ކޯހެކެވެ. އަދި މިއީ 30 މީހުންގެ ޖާގައިގެ ކޯހެކެވެ.

މި ގޮތުން މި ކޯހުގައި ދެ ވައްތަރެއްގެ ބުމަ ތްރެޑާއި ހެއަރ ކަޓްސްގެ ވެސް ދެވައްތަރެއް ދަސް ކޮށްދެވޭނެއެވެ. ތިއަރީބައިގެ އިތުރުން އަމިއްލަ އަށް މޭކަޕް ކޮށް ޒީނަތްތެރި ވާނެ ގޮތް ދަސް ކޮށްދެވޭނެއެވެ.

ހަމަމިއާއެކު ޚާއްސަ މުނާސަބަތު ތަކުގައި ބޭނުން ކުރާ މޭކަޕާއި ހަންގަނޑާއި ގުޅޭނެ ފައުންޑޭޝަން ހޯދާނެގޮތާއި އާންމު ދިރިއުޅުމުގައި ކޮންމެ ދުވަހަކު ކުރާ މޭކަޕް މި ކޯހުގައި ކިޔައިދެވޭނެއެވެ.

މި ކޯހަކީ ބްލަޝް ސެލޫނާއި ކުޅުދުއްފުށީ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއި ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯސް ކުރިއަށް ދާނީ 2021 އޮކްޓޯބަރު 27،28،29 މި ތިން ދުވަހުއެވެ.

މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 9684044 މި ނަންބަރާއި ގުޅުއްވައިގެން ރަޖިސްޓްރީ ކުރުމަށް އެ ކޮމިޓިން އެދިލައްވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް