ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ބަހްރެއިނަށް ފުރައިފި އެވެ.
އެ ޓީމުން ބަހްރެއިނަށް ފުރާފައިމިވަނީ އޭޝިއާގެ 23 އަހަރުން ދަށުގެ މުބާރާތަށް އިތުރު ތަމްރީނުތައް ހޯދުމަށެވެ.
އުޒްބެކިސްތާންގައި އަންނަ އަހަރު ބާއްވާ މި މުބާރާތުގައި ވެސް ރާއްޖޭގެ ޒުވާން ޓީމަށް އިރުޝާދު ދޭނީ ހެޑް ކޯޗު އަލީ ސުޒޭން އެވެ.
ނަމަވެސް ޒުވާން ޓީމު މިއަދު ފުރާފައިވަނީ ޓީމުގެ އެސިސްޓެންޓް ކޯޗު ސޮބާހު މުހައްމަދު (ސޮބާ)ގެ ބެލުމުގެ ދަށުން ނެވެ.
އެ މުބާރާތުގައި ވަރުގަދަ ގްރޫޕެއްގައި ރާއްޖެ އޮތް އިރު، ސޮބާ ބުނީ ޓީމަށް ވާދަވެރި މެޗުތަކެއް މުހިއްމު ކަމަށެވެ.
ބަހުރޭނުގައި ޕްރެކްޓިސް ގިނަ މެޗުތަކެއް ކުޅެން ލިބޭނެކަމަށް އުއްމީދުކޮށް ސޮބާ ބުނެފައިވަނީ ޓީމި އޮތީ ވަރަށް ފިޓުކޮށް ކަމަށެވެ.
އެ މުބާރާތުގައި ރާއްޖެ އޮތީ ބަހްރޭނާއި އިރާގު އަދި އަފްޣާނިސްތާނާ އެއް ގްރޫޕެއްގަ އެވެ.
ކޮލިފައިންއަށް ތައްޔާރުވާން 23 އަހަރުން ދަށުގެ ޓީމު ވަނީ ޅ އަތޮޅު ކޭމްޕެއް ޖަހައިގެން ފަރިތަކުރުންތައް ބާއްވާފަ އެވެ. ައަދި ކޭމްޮުގައި ތިި ދުވަސްވަރު ޅ. ނައިފަރާއި ޅ. ހިންނަވަރުގައި ހަ މެޗެއް ވަނީ ކުޅެފަ އެވެ.
ކޮލިފައިންގައި ރާއްޖެ ކުޅޭ ފުރަތަަމަ މެޗު އޮންނާނީ މި މަހު 25 ވަނަ ދުވަހު އެވެ. އެދުވަހު ރާއްޖެ ނުކުންނާނީ އިރާގާ ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި 28 ވަަނަ ދުވަހު ނުކުންނާނީ ބަހްރޭނާ ދެކޮޅަށެވެ.
ފަހު މެޗުގައި މި މަހު 31 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ.
ޒުވާން ޓީމުގެ 23 ކުޅުންތެރިންގެ ސްކޮޑުގައި މި ފަހަރު ސާފް ޗެމްޕިއަންޝިޕްގައި ވިދާލި ހައިޝަމް ހަސަން (ބިޑި) އާއި ތިންވަނަ ގޯލްކީޕަރަކަށް ސްކޮޑުގައި ހިމެނުނު ގޯލްކީޕަރު އަލީ ނާޖިހު (ނާޖީ) ވެސް ވަނީ ހިމަނާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް