މާންދޫ ރަން ގެ އެންމެފަހުގެ ތައްޔާރީތައް ވަނީ ވެފަ - ބިބުތައް ވެސް ރެޑީވެއްޖެ

އަންނަ ނޮވެމްބަރު ހައްދުންމަތީގައި ބާއްވަން ނިންމާފައިވާ "މާންދޫ ރަން" ގެ އެންމެފަހުގެ ތައްޔާރީތައް ވެ ނިމިފައިވާ ކަމަށް އެ ރަން އިންތިޒާމުކުރާ ފަރާތުން ބުނެފި އެވެ. މާންދޫ ރެކްރިއޭޝަން ކްލަބުގެ ރައީސ...

18 Oct 2021 | 11:01

އަންނަ ނޮވެމްބަރު ހައްދުންމަތީގައި ބާއްވަން ނިންމާފައިވާ "މާންދޫ ރަން" ގެ އެންމެފަހުގެ ތައްޔާރީތައް ވެ ނިމިފައިވާ ކަމަށް އެ ރަން އިންތިޒާމުކުރާ ފަރާތުން ބުނެފި އެވެ.

މާންދޫ ރެކްރިއޭޝަން ކްލަބުގެ ރައީސް ޢަބްދުލްމާޖިދު ޢަބްދުލްޣަނީ ދުވަސްއެމްވީއަށް ވިދާޅުވީ މި ދުވުން ބޭއްވުމަށް މިހާރު ތާވަލުކޮށްފައިވާ ތާރީޚުގައި ބޭއްވޭނެކަމަށް އުއްމީދު ކުރާ ކަމަށެވެ.

"އަޅުގަނޑުމެން އުއްމީދުކުރަން މިހާރުނިންމާފަ އޮތް ދުވަހު ރަން ބޭއްވޭނެ ކަމަށް. ކޮވިޑުގެ ހާލަތު އިތުރަށް ގޯސްނުވާނެ ކަމަށް މިބަލަނީ އިރާދަކުރެއްވިއްޔާ." މާޖިދު ވިދާޅުވި އެވެ.

ހޮރައިޒަން ފިޝަރީޒްގެ 18 ވަނަ އަހަރީ ދުވަހާއިގުުވައިގެން ބާއްވަން ނިންމާފައިވާ "މާންދޫ ރަން" ބޭއްވުމަށް މިހާރުތާވަލުކޮށްފައިވަނީ އަންނަ ނޮވެމަބަރ މަހުގެ 12 ވާ ހުކުރު ދުވަހު އެވެ.

މާންދޫ ގޭޓުން ފަށާ އަދި އެ ގޭޓު ކައިރިޔަށް ނިންމާގޮތަށް ހަމަޖެހިފައިވާ މި ދުވުމުގައި 5 ކިލޯ މީޓަރާއި 10 ކިލޯ މީޓަރު އަދި ހާފް މެރަތަން (21 ކިލޯ މީޓަރު) ވަނީ ހިމަނާފަ އެވެ. އަދި ކުޑަކުދިންނަށް ޚާއްސަކޮށްގެން “ފަން ރަން” ގެ ނަމުގައި ޚާއްސަ ދުވުމެއް ވެސް ބާއްވަން ވަނީ ނިންމާފަ އެވެ.

މި ދުވުމުގައި މިހައިތަނަށް ތިނަށް ތިންސަތޭކައަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ.

“މާންދޫ ރަން” ގެ މީޑިއާ ޕާޓްނަރއަކަށް ހަމަޖައްސާފައިވަނީ ދުވަސްއެމްވީ އެވެ.

މި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް ހިތްވަރު ދިނުމަށް ޑރ. ހުސައިން ހަލީމް (ކުޑަ ހުސައިން) ބައިވެރިވާނެ އެވެ. އޭނާއަކީ ދުވުމުގައި ޚާއްސަކޮށް ދިގު ދުވުމުގައި ރާއްޖޭގެ އެތައް ރެކޯޑެއް ހަދާ، އޮލިމްޕިކްސް ގައި ރާއްޖެ ދެފަހަރު ތަމްސީލު ކުރައްވާފައިވާ ފަރާތެކެވެ. އަދި އޮލިމްޕިކްސްގައި 3 ފަހަރު ރާއްޖެ ތަމްސީލުކޮށްފައިވާ ކުރީގެ ބާރު ދުވުންތެރިޔާ އަދި ފިޒިކަލް ޓްރެއިނަރ އަހްމަދު ޝަފީގު (ރިވަރިން) ވެސް ބައިވެރިވާނެ އެވެ.

މި ދުވުން ނިންމާ ކޮންމެ ބައިވެރިއަކަށް މެޑެލް ދިނުމަށް ވަނީ ނިންމާފަ އެވެ.

މި ދުވުން ކުރިއަށް ދާނީ އެޗްޕީއޭގެ ގައިޑް ލައިނާ އެއްގޮތަށް ކަމަށް އެ ފަރާތުން ބުނެ އެވެ.

މި ދުވުން ބޭއްވުމަށް ކުރިން ނިންމާފައި އޮތީ އޮކްޓޯބަރ މަހުގެ 8 ވަނަ ދުވަހުނަމަވެސް، ނޮވެމްބަރ މަހަށް ފަސްކުރީ ފޮނަދޫގައި ކޮވިޑުގެ ހާލަތު މިވަގުތު އޮތް ގޮތުން ނެވެ.

ދުވަސްއެމްވީ އިން މީގެ ކުރިން ވެސް ވަނީ މިފަދަ ހަރަކާތްތަކުގައި އެކި ހަރަކާތްތަކުގައި މީޑިއާ ޕާޓްނަރގެ ގޮތުގައި ހަރަކާތްތެރިވެފަ އެވެ.

އެގޮތުން ހދ. ހަނިމާދޫގައި 12 ފެބްރުއަރީ 2016 ގައި ބޭއްވި މޫދު ކުޅިވަރު ހަރަކާތްތަކެއްގެ މީޑިއާ ކަވަރޭޖު ހަދާފައިވާ އިރު، މިއަހަރުގެ އޯގަސްޓު މަހު ބ. ދަރަވަންދޫގައި ބޭއްވި “ދަރަވަންދޫ ފުޓްސަލް ފިއެެސްޓާ 2021ގެ” އޮންލައިން މީޑިއާ ޕާޓްނަރގެ ގޮތުގައި ވެސް ދުވަސްއެމްވީ ވަނީ ހަރަކާތްތެރިވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް