ރެއާލްމެޑްރިޑްގެ ލެޖެންޑް މިޝެލް ސަލްގާޑޯ އާއި ގުޅިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ރާއްޖޭގައި 18 އެކަޑަމީ އެއް ހުޅުވަން އެއްބަސްވުން އެކުލަވާލައިފިއެވެ.
މިގޮތުން މި 18 އެކަޑަމީގެ ތެރެއިން ދިހަ އެކަޑަމީ ހުޅުވަން ނިންމާފައިވަނީ އަތޮޅު ތެރޭގެ ދިހަ ރަށެއްގައެވެ.
މާލޭގައި ހުޅުވަން ނިންމަފައި ވަނީ އަށް އެކަޑަމީއެވެ.
މި އެއްބަސްވުމުގެ ދަށުން ޤާއިމު ކުރެވިގެންދާ އެކަޑަމީތަކުގެ ފުޓްބޯޅަ ޓްރެއިނިން ތައް ކުރިއަށް ގެންދާނީ ސަލްގާޑޯގެ ބެލުމުގެ ދަށުންނެވެ.
އަދި މި އެކަޑަމީތަކަށް ބޭނުންވާ ކޯޗުންވެސް ކަނޑައަޅާނީ ފުޓްބޯޅައިގެ ލެޖެންޑް ސަލްގާޑޯއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް