ކިމް ކާޑޭޝާންގެ ދައްތަ ކޯޓްނޭ އެންގޭޖް ވެއްޖެ

ކޯޓްނޭ ކާޑޭޝަން އެންޖޭގް ވެއްޖެ އެވެ. ރަސްމީކޮށް ކޯޓްނޭގެ އިންސްޓަގްރާމް ޕޭޖުގައި އެކަން ހާމަކޮށްފައިވާއިރު ކޮއްކޮ ކިމް ކާޑޭޝަންވެސް ވަނީ ޓުވިޓާގައި ކޯޓްނޭ އެންގޭޖްވި ކަން ހާމަކޮށްފަ އެވެ. ކޯޓްނޭ އެން...

18 Oct 2021 | 09:40

ކޯޓްނޭ ކާޑޭޝަން އެންޖޭގް ވެއްޖެ އެވެ.

ރަސްމީކޮށް ކޯޓްނޭގެ އިންސްޓަގްރާމް ޕޭޖުގައި އެކަން ހާމަކޮށްފައިވާއިރު ކޮއްކޮ ކިމް ކާޑޭޝަންވެސް ވަނީ ޓުވިޓާގައި ކޯޓްނޭ އެންގޭޖްވި ކަން ހާމަކޮށްފަ އެވެ.

ކޯޓްނޭ އެންގޭޖް ވެފައިވަނީ އޭނާގެ ލޯބިވެރިޔާ ޓްރެވިސް ބާކާ އެވެ. އެ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ރަސްމީކޮށް ހާމަކުރީ މިއަހަރު ކުރީ ކޮޅު އެވެ.

ކޯޓްނޭގެ އިންސްޓަގްރާމްގައި ވާގޮތުން ޓްރެވިސް އާއި އޭނާ އެންގޭޖްވީ ކެލެފޯނިއާގެ ހޮޓަލެއްގެ ގޮނޑުދޮށް ސަރަހައްދުގައި ވަރަށް ރީތިކޮށް ޑެކޮރޭޓްކޮށްފައިވާ މާހައުލެއްގައި އެވެ. މުޅިތަން ރަތް ކުލައިގެ މަލުން ޖަރީކޮށްފައިވާއިރު މުޅި ސަރަހައްދުގައި ބޮޑެތި އުއްބައްތި ތަކެއް ބަހައްޓާފައިވެ އެވެ.

ޓްރެވިސް އަކީ އެމެރިކާގެ މަޝްހޫރު މިއުޒިޝަން އެކެވެ. އޭނާ މީގެ ކުރިން ދެ ކައިވެންޏެއް ކޮށްފައިވާއިރު ދެ ވަނަ ކައިވެންޏަށް ދެ ކުދިން ލިބިފަ އެބަތިއްބެވެ.

ކޯޓްނޭވެސް މީގެ ކުރިން ކައިވެންޏެއް ކޮށްފައިވެ އެވެ. އެ ކައިވެންޏަށް ތިން ކުދިން ލިބިފަ އެބަތިއްބެވެ.

ކޯޓްނޭ އެންމެ މަޝްހޫރުވެފައިވަނީ އާއިލީ ރިއަލިޓީ ޝޯ “ކީޕިން އަޕް ވިތް ކާޑޭޝަން” އާއި އާއިލީ މޭކަޕް ބްރޭންޑުންނެވެ.

“ކީޕިން އަޕް ވިތް ކާޑޭޝަން” ޝޯ ވަނީ20 ސީޒަން ގެނެސް ދިނުމަށް ފަހު މިދިޔަ ޖޫން މަހުގެ ތެރޭގައި ނިންމާލާފަ އެވެ. އެ ޝޯ ފެށީ 2007 ވަނަ އަހަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް