އެކްޓިންގ ގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ އަންހެން ކުދިންނަށް ހެމާ މާލިނީ ފައިސާގެ އެހީތެރިކަން ދެނީ

އެކްޓިންގ ގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ އަންހެން ކުދިންނަށް ހެމާ މާލިނީ ފައިސާގެ އެހީތެރިކަން ދިނުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެެވެ. އިންޑިއާގެ ފިލްމީ ޚަބަރު ގެނެސްދޭ ނޫސްތަކުގައި...

18 Oct 2021 | 09:20

އެކްޓިންގ ގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ އަންހެން ކުދިންނަށް ހެމާ މާލިނީ ފައިސާގެ އެހީތެރިކަން ދިނުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެެވެ.

އިންޑިއާގެ ފިލްމީ ޚަބަރު ގެނެސްދޭ ނޫސްތަކުގައި ބުނެފައިވަނީ ހެމާ ފައިސާގެ އެހީތެރިކަން ދިނުމަށް ނިންމީ ބޮލީވުޑުގައި ހަރަަކާތްތެރިވާނެ އަންހެން ތަރިން ލިބުން މަދުވާތީ ކަމަށެވެ.

"މިހާރު ގިނައިން މިއުޅެނީ ފިލްމީ ދާރިރާއާ ގުޅުންހުރި ޢާއިލާތަކާ ގުޅުންހުރި އަންހެން ތަރިން. އެކަމަކު މިދާއިރާއަށް އެބަ ބޭނުންވޭ އާ ތަރިން. އެ ހުނަރު ހުރި އަންހެން ތަރިން އެބަތިިބި. އެކަމަކު މާލީ އެހީތެރިކަން ނުލިބެނީ. އެ ކުދިންނަށް މާލީ އެހީތެރިކަން ލިބިއްޖެ ނަަމަ، ބޮލީވުޑުގައި ފިޔަޖަހާނެ ކިތަންމެ ކުދިންނެއް އެބަތިި." ހެމާ މާލިނީ އާ ހަވާދީ ރިޕޯޓުތައް ބުނެފައި ވެއެވެ.

މީގެ އިތުރުން އެކްޓިންގ ކެރިއަރަކީ ވަރަށް ބޮޑު ރިސްކެއް ކަމަށާއި އެ ރިސްކު ނެގޭނީ ފައިސާގެ އެހީތެރިކަން ލިބޭނޭގޮތެއް އޮވެގެން ކަަމަށް ވެސް ހެމާ ވަނީ ބުނެފަ އެވެ.

ހެމާ ބުނިކަމަށް ނޫސްތަކުގައި ބުނެފައިވަނީ ހެމާމެން ފިލްމު ކުޅެން ފެށި ދުވަސްވަރާއި މިހާރާ ވަަރަށް ތަފާތު ކަމަށާއި ލިބޭ އުޖޫރައާ ކުރަންޖެހޭ މަސައްކަތް ވެސް ތަފާތު ކަަމަށެވެ. އެހެންވުމުން މި ދާއިރާގައި ގިނަ ދުވަސްވީ މީހުންގެ އެހީތެރިކަން ބޮލީވުޑަށް އަލަަށް ނުކުންނަން ބޭނުންވާ ކުދިންނަށް ނުހަނު ބޭނުންތެރި ކަމަށް ވެސް ހެމާ ފާހަގަކުރި ކަމަށް ބުނެފައި ވެއެވެ.

"ޑްރީމް ގާރލް" ގެ ނަމުން މަޝްހޫރު، ހެމާ މާލިނީ މިހެން ބުނެފައިވާ އިރު، އަލަށް ނުކުންނަ ފަރާތްތަކަށް ބޮލީވުޑުގެ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން ފިލްމުތަކުން ޖާގަ ނުދޭ ވާހަކައަކީ އަބަދު ވެސް ދައްކަމުން އަންނަވާހަކަ އެކެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް