ނަފްސާނީ ދުޅަހެޔޮކަން ރަނގަޅު ކުރުމަށް ސްޕެއިންގައި ރޮއެލަން ވަންނާނެ ކޮޓަރިތަކެއްގެ ޙިދުމަތް ދޭން ފަށައިފިއެވެ.
އާންމު ގޮތެއްގައި ދިރިއުޅުމުގައި ދިމާވާ ބަރުދާސްތު ކުރަން ދަތި ހިތްދަތި ހާލަތްތަކާ ކުރިމަތިލާން ޖެހިފައިވާ ފަރާތްތަކަކީ އެންޒީޓިގެ ޝިކާރަޔަކަށް ވެފައިވާ މީހުންނެވެ. މިކޮޓަރި ތަކަކީ މިފަދަ މީހުންގެ ހިތުގެ އުދާސްތައް ބޭރު ކޮށް ރޮއެލުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ތައްޔާރު ކޮށްފައިވާ ކޮޓަރި ތަކެކެވެ.
މިގޮތުން އެ ކޮޓަރި ތަކުގައި ސައިކޭޓްރިސްޓުންނަށާއި ހިތް އެދޭ ފަރާތްތަކަށް ގުޅާލާ ހިތުގެ އުދާސްތައް ބޭރުކުރެވޭނެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ފޯނު ބެހެއްޓިފައިވެއެވެ.
މި ކޮޓަރިތަކުގެ ބޭނުމަކީ ސްޕެއިންގެ ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުުކުރުމެވެ.
ސްޕެއިންގެ ވެރިރަށް މެޑްރިޑްގައި ދިރިއުޅޭ ދަރިވަރެއް ކަމުގައިވާ ޖޯން ނެލްސޮމް ބުނެފައިވާ ގޮތުން މިއީ ނަފްސާނީ ދުޅަހެޔޮކަން ރަނގަޅު ކުރުމަށްޓަކައި ވަރަށް ރަނގަޅު ނިންމުމެކެވެ. އަދި ވަރަށް މަޖާ ކަމެކެވެ.
ސްޕެއިންގެ ބޮޑު ވަޒީރު ވަނީ ބައިނަލްއަޤްވާމީ ނަފްސާނީ ދުޅަހެޔޮ ކަމުގެ ދުވަހާއި ގުޅިގެން އެ ޤައުމުގެ ނަފްސާނީ ދުޅަހެޔޮ ކަމަށްޓަކައި 116 މިލިއަން ޑޮލަރު ހަރަދު ކުރައްވާނޭކަމަށް އިއުލާނު ކޮށްފައެވެ.
ސްޕެއިންގައި 2019 ވަނަ އަހަރު 3،671 މީހުން ނަފްސާނީ ބަލިމަޑުކަމުގެ ޝިކާރަަޔަކަށް ވެގެން އަމިއްލަ އަށް މަރުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް