ހޭނަކަތް: ވެހޭ ފެނަށްވުރެ ޖެހޭ ވައިބާރުވާނޭ!

ހޭ ނަކަތް ލައިގެންފިއެވެ. ހޭނަކަތުގެ ދުވަސް ގުނާނީ މިއަދުން ފެށިގެން އޮކްޓޫބަރު މަހުގެ އެންމެ ފަހު ދުވަހުގެ ނިއަލަށެވެ، ހޭނަކަތަކީ ވައިބާރު ވިއްސާރަ ނަކަތެކެވެ، ހުޅަނގުން 15 ވަނަ ނަކަތް ކަމަށްވާ ހޭނަކ...

18 Oct 2021 | 08:15

ހޭ ނަކަތް ލައިގެންފިއެވެ. ހޭނަކަތުގެ ދުވަސް ގުނާނީ މިއަދުން ފެށިގެން އޮކްޓޫބަރު މަހުގެ އެންމެ ފަހު ދުވަހުގެ ނިއަލަށެވެ،

ހޭނަކަތަކީ ވައިބާރު ވިއްސާރަ ނަކަތެކެވެ، ހުޅަނގުން 15 ވަނަ ނަކަތް ކަމަށްވާ ހޭނަކަތަކީ "ވައިގެ ނަކަތް" ކަމަށް މުސްކުޅިން ބުނެއުޅެއެވެ،

"ހޭނަކަތް ދަރިވިއްކާ ކޭ ނަކަތޭ" ބުނެ އުޅެއެވެ، މައުނައަކީ ވިއްސާރައިގެ ދިގުކަމުންނާ، ގަދަ ކަމުން ފުރާދުއްވާހާ ނުވެ ބަނޑަށްޖެހި މުދާވިއްކާ ހުސްވެ ދަރިވެސް ވިއްކާލަންޖެހޭ ވަރުގެ ގަދަނަކަތެކެވެ.

އިހުމީހުން ކިޔާ އުޅެނީ "ހޭނެތޭ ވަރަށް ވައިބާރުވާނޭ. ވެހޭ ފެނަށްވުރެ ޖެހޭ ވައިބާރުވާނޭ" މިހެންނެވެ. މި ނަކަތުގައި ވަރަށް ދިގުލާ ވިއްސާރާނެއެވެ. އެހެންވެ އޭރު ވެސް މީހުން ބުނެ އުޅޭ ވާހަކައެއް އޮވެއެވެ. އެއީ ފުރުމަަށްވުރެ ނުފުުރުން މޮޅެވެ.

މިއަދު އަހަރެމެން ހޭނަކަތުގެ ދުވަސްތައް ގުނަން ފަށާފައިވާއިރު، އެ ހަގީގަތް އެބަ ފެނެއެވެ. ފުރުމަށް ވުރެ ނުފުރުން ބުއްދިވެރިވާ ވަރަށް ކަނޑުތައް ގަދައެވެ. ވިއްސާރަވެފައި ވައި އިންތިހާއަށް ގަދައެވެ، ގަނޑުތަައް "ރުޅިގަދައެވެ."

ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކުރެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިއަދުވެސް ރާއްޖޭގެ އުތުރާއި، މެދުރާއްޖެތެރޭ އެކި ހިސާބުތަކަށް ގުގުރުމާއި އެކު ވިއްސާރަ ކުރާނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.

މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް ފަތިހު 4:30 އިން ފެށިގެން ހެނދުނު 10 އަކާއި ހަމައަށް ވައިޓް އެލަރޓް ނެރެފައެވެ. މި ވަގުތުތަކުގައި ގަޑިއަކު 22 މޭލާއި، 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް މުސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، އެހެން ހިސާބުތަކުގައި ކަނޑުތައް ގަދަވާނެކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ. އެހެންކަމުން މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި ކަނޑު ދަތުރުކުރަްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް މެޓް އޮފީހުން އިލްތިމާސްކުރައްވައެވެ. އަދި ރާއްޖޭގައި ރާޅުގެ އުސްމިން ހުރީ 3 ފޫޓައި 7 ފޫޓާއި ދެމެދުގައިކަމަށާއި ބައެއް ރަށްތަކަށް އުދައެރުން އެކަށިގެންވާކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް