މަކިޓާ ޕަވަަރ ޓޫލްސްގެ އައު ސްޓޮކެއް އެސްޓީއޯ އިން ގެނެސްފި

މަކިޓާ ޕަވަަރ ޓޫލްސްގެ އައު ސްޓޮކެއް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ގެނެސްފި އެވެ. އެ ކުންފުނިން ދުވަސްއެމްވީއަށް ބުނީ މަކިޓާ ޕަވަރ ޓޫލްސް ހުސްވެފައި ހުންނަތާ ނުވަތަ ލިބުން ދަތިވެފައި...

18 Oct 2021 | 08:10

މަކިޓާ ޕަވަަރ ޓޫލްސްގެ އައު ސްޓޮކެއް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ގެނެސްފި އެވެ.

އެ ކުންފުނިން ދުވަސްއެމްވީއަށް ބުނީ މަކިޓާ ޕަވަރ ޓޫލްސް ހުސްވެފައި ހުންނަތާ ނުވަތަ ލިބުން ދަތިވެފައިވާތާ ދުވަސްކޮޅެެއް ވެއްޖެ ކަމަށެވެ. އަދި މިތަކެތި ލިބުން ދަތިވީ ޝިޕިންގ އަށްދިމާވި ދަތިކަމަކާއި ގުޅިގެން ކަމަށެވެ.

އެގޮތުން ދުނިޔޭގެ ހުރިހާ ގައުމަކަށް ވެސް މިދުވަސްވަރު ޝިޕިންގ ގެ މައްސަލަ ދިމާވެފައިވާ ކަމަށާއި އެހެންވެ، އޭގެ އަސަރު ރާއްޖެއަށް ވެސް ކުރީ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެ ކުންފުނިން ބުނީ ކުރިއަށް އޮތްތަނުގައި މިފަދަ ކަންކަމަށް މިހާރަށްވުރެ ބޮޑަށް ވިސްނައި، މިފަދަ ތަކެތި ހުސްނުވެ ލިބޭނޭ ގޮތަކަށް އިންތިޒާމުތައް ރޭވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

އެސްޓީއޯ އަކީ މަކިޓާ ބްރޭންޑްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ އެވެ. އަދި އާފްޓަރ ސޭލްސް ސަރވިސް ޕްރޮވައިޑަރ ވެސް މެއެވެ.

https://twitter.com/STO_HomeImp/status/1449773140163239942

ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ހުރިހާ ގައުމަކަށް ވެސް ވަނީ ވިޔަފާރީގެ މާކެޓަށް ވަރަށްބޮޑު ގޮންޖެހުމަކާއި ކުރިމަތިލާން ޖެހިފަ އެވެ. އެގޮތުން ރާއްޖޭގެ އިގްތިސޯދަށް ވެސް ވަނީ އޭގެ އަސަރު ވަރަށްބޮޑަށް ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް