ގެއްލިގެން ހޯދަމުން ދިޔަ މީހާ ފަތާފައި ކާށިދޫ އަށް

ކާށިދޫ ކަނޑަށް ގެއްލިގެން ހޯދަމުން ދިޔަ މީހާ ފަތާފައި މާލެ އަތޮޅު ކާށިދޫ އަށް އަރައިފިއެވެ. އެ މީހާ ގެއްލިފައި ވަނީ މާލޭން ބ. އަތޮޅަށް ދަތުރުކުރި ބޯޓަކުން މޫދަށް ވެއްޓިގެނެވެ، މިކަން ފުލުހުންނަށް ރިޕޯ...

18 Oct 2021 | 07:54

ކާށިދޫ ކަނޑަށް ގެއްލިގެން ހޯދަމުން ދިޔަ މީހާ ފަތާފައި މާލެ އަތޮޅު ކާށިދޫ އަށް އަރައިފިއެވެ.

އެ މީހާ ގެއްލިފައި ވަނީ މާލޭން ބ. އަތޮޅަށް ދަތުރުކުރި ބޯޓަކުން މޫދަށް ވެއްޓިގެނެވެ، މިކަން ފުލުހުންނަށް ރިޕޯޓްކުރީ މިއަދު11:00 ހާއިރުއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ގެއްލިގެން ހޯދީ  25 އަހަރުގެ ދިވެހި ފިރިހެނެކެވެ. ގެއްލުނު އިރު އޭނާ ލައިގެން ހުރީ ކަޅު ޓީޝާޓަކާއި ޓްރެކް ޝޫޓެކެވެ، އެ މީހާ ގެއްލިފައިވާ ކަމުގެ މަޢުލޫމާތު ފުލުހުން ވަނީ ދިވެހި އަސްކަރިއްޔާގެ ކޯސްޓްގާޑަށް ހިއްސާކޮށްފައެވެ.

އެ މީހާ ފެނުނީ ހޯދުމުގެ މަސައްކަތް ދިވެހި ސިފައިން ކުރަމުން ދަނިކޮށެވެ. އެ މީހާ ގެއްލުނީ ކ. ކާށިދޫއާ 6 ނޯޓިކަލް މޭލު ބޭރުން ކަމަށް ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް