މޫސުން މިއަދުވެސް ގޯސް، ބޮޑުބައެއް ހުދު އެލާޓުގައި

ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ. މޫސުން ގޯސްވާނެތީ މިވަގުތު އެލާޓު ނެރެފައި އޮތީ ށ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަ...

18 Oct 2021 | 07:38

ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.

މޫސުން ގޯސްވާނެތީ މިވަގުތު އެލާޓު ނެރެފައި އޮތީ ށ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. އެ ސަރަހައްދުގެ ރަށްތަކަށް ވައިޓް އެލާޓު ނެރެފައިވަނީ ހެނދުނު 10:30 ން ހަވީރު 4:30 އަށެވެ.

މެޓް އޮފީހުން ބުނީ މިވަގުތުތަކުގައި އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށްލަފާ ކުރެވޭ ކަމަށެވެ. އަދި ވަޔާއި ކަނޑުތައްވެސް ގަދަވާނެ ކަމަށެވެ.

އާންމު ގޮތެއްގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ 22 މޭލާއި 27 މޭލާއި ދެމެދުގެ ބާރު މިނުގައި އެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެ އެވެ.

ރާއްޖެ ސަރަހައްދަށް މޫސުން ގޯސްވެފައިވަނީ ލޯ ޕްރެޝާ ޓްރަފެއް އުފެދިފައިވާތީ އެވެ. މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި މާދަމާއިން ފެށިގެން މޫސުން ރަނގަޅުވާން ފަށާނެ އެވެ.

އެމްއެންޑީއެފާއި މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް