ކާށިދޫ ކަނޑަށް މީހަކު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
އެ މީހާ ގެއްލިފައި ވަނީ މާލޭން ބ. އަތޮޅަށް ދަތުރުކުރި ބޯޓަކުން މޫދަށް ވެއްޓިގެނެވެ، މިކަން ފުލުހުންނަށް ރިޕޯޓްކުރީ މިއަދު11:00 ހާއިރުއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި ގެއްލިފައި ވަނީ 25 އަހަރުގެ ދިވެހި ފިރިހެނެކެވެ. ގެއްލުނު އިރު އޭނާ ލައިގެން ހުރީ ކަޅު ޓީޝާޓަކާއި ޓްރެކް ޝޫޓެކެވެ، އެ މީހާ ގެއްލިފައިވާ ކަމުގެ މަޢުލޫމާތު ފުލުހުން ވަނީ ދިވެހި އަސްކަރިއްޔާގެ ކޯސްޓްގާޑަށް ހިއްސާކޮށްފައެވެ.
އެ މީހާ ހޯދުމުގެ މަސައްކަތް ދިވެހި ސިފައިން ވަނީ ފަށާފައެވެ. އެ މީހާ ގެއްލުނީ ކ. ކާށިދޫއާ 6 ނޯޓިކަލް މޭލު ބޭރުން ކަމަށް ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް