މާލޭގެ އިރު ދެކުނު ފަރާތުގައި އޮންނަ އުސްފަސްގަނޑާއި ދިމާލުން މޫދުގައި އޮތް މީހަކު އޮޔާ ދަމައިގަނެ ވާދޫ ކަނޑަށް ބެހިފައި ވަނިކޮށް ފެނިގެން ސަލާމަތް ކޮށްފިއެވެ.
ދިވެހި އަސްކަރިއްޔާއިން ހާމަކުރި ގޮތުގައި އޮޔާ ދަމައިގަތީ ދިވެހި ފިރިހެނެކެވެ، އޭނާ އޮޔާ ދަމައިގަތީ ބޯވަ ނަގަން މޫދުގައި އުޅުމުގެ ތެރޭގައެވެ.
އެމްއެންޑީއެފްގެ އޮފިޝަލަކު ވިދާޅުވީ އެކަނި ބޯވަ ނަގަން ގޮސްއުޅުނު މީހަކު މާލޭ އުސްފަސްގަނޑާ ދިމާލުން އޮޔާ ގޮސްފައިވާ ކަމަށެވެ. މި މީހާ ފެނިފައިވަނީ ވާދޫ ކަނޑުގެ ތެރޭގައި ފަތަމުންދަނިކޮށް އެވަގުތު އެސަރަހައްދުން ދަތުރުކުރި ބަޔަކަށް ކަމަށް އޭނާ ވިދާޅުވެއެވެ.
އޭނާ މިހާރު ދިވެހި ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށް އެމްއެންޑީއެފް އިން މަޢުލޫމާތު ދެއެވެ. އޭނާގެ ހާލަތާއި ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.
(ތަފްސީލް އަންނަނީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް