ކޯވިޑް-19: ތިނަދޫން ތުއްތު ކުއްޖަކު ނިޔާވެއްޖެ

ކޯވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ 3 މަހުގެ ތުއްތު ކުއްޖަކު ގދ. ތިނަދޫން ނިޔާވެއްޖެއެެވެ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން  މަޢުލޫމާތު ދިން ގޮތުގައި ނިޔާވެފައިވަނީ ތިނަދޫގަ...

18 Oct 2021 | 05:11

ކޯވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ 3 މަހުގެ ތުއްތު ކުއްޖަކު ގދ. ތިނަދޫން ނިޔާވެއްޖެއެެވެ.

ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން  މަޢުލޫމާތު ދިން ގޮތުގައި ނިޔާވެފައިވަނީ ތިނަދޫގައި ހުންނަ ކޯވިޑް-19 ފެސިލިޓީގައި ފަރުވާދެމުން ދިޔަ ފިރިހެން ކުއްޖެކެވެ. މިއީ ބި ބަލީގައި ރާއްޖޭގެ 239 ވަނަ މަރެވެ.

ދިވެހިރާއްޖޭގެ މިހާރުގެ ކޯވިޑް-19 ހާލަތުގެ ތަފުސީލަށް ބަލާއިރު އިއްޔެ އިތުރު 77 ކޯވިޑަށް ޕޮޒިޓިވްވެ ބަލި ޖެހުނު މީހުންގެ ޢަދަދު 86100 އިން މައްޗަށް އަރާފައެވެ.

އެޗް.ޕީ.އޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފަހަކަށް އައިސް އެންމެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވަމުން ދަނީ އަތޮޅުތަކުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި 77 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 25 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 37 މީހުންނެވެ. އަދި ރިސޯޓްތަކުން ޕޮޒިޓިވްވި 9 މީހަކުވެސް މީގެތެރޭގައި ހިމެނެއެވެ.

އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 86165އަށް އަރާފައެވެ. ރާއްޖޭގައި ޕޮޒިޓިވްވާ މީހުންގެ ޢަދަދުތައް މާބޮޑަށް އިތުރުނުވެ ހިފެހެއްޓިފައިވާއިރު، ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދުވެސް ވަނީ ދަށަށް ދާން ފަށާފައެވެ. އެގޮތުން މިވަގުތު މި ބައްޔަށް ފަރުވާ ހޯދަމުންދަނީ 1287 މީހުންނެވެ. މީގެ ތެރެއިން މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 12 މީހަކަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރު މިބަލިން 40 މީހުން ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 84627 އަށް އަރާފައެވެ. އަދި ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 3210 ސާމްޕަލެއް ވަނީ ކޯވިޑަށް ޓެސްޓުކޮށްފައެވެ. މިބަލީގައި މިހާތަނަށް 239 މީހުން ރާއްޖޭގައި ވަނީ ނިޔާވެފަވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް