ސްޕެނިޝް ލީގުގައި ރޭ ވެލެންސިއާ އާއި ދެކޮޅަށް ކުޅުނު މެޗު ބާސެލޯނާއިން ކާމިޔާބު ކޮށްފިއެވެ.
އަމިއްލަ ރަށުގައި ވެލެންސިއާ އާއި ދެކޮޅަށް ކުޅުނު މި މެޗުން ބާސެލޯނާ މޮޅުވީ 1-3 ގެ ނަތީޖާއިންނެވެ.
މެޗުގެ ކުޅުން ފެށިގެން ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީ ވެލެންސިއާއިންނެވެ. ރޭގެ މެޗުގެ ކުރީކޮޅުގައި ހޯޒޭ ގަޔާގެ ގޯލުން ވެލެންސިއާ ލީޑު ނެގި ނަމަވެސް، މެޗުގެ 13 ވަނަ މިނެޓުގައި އަންސޫ ފަޓީ ވަނީ ގޯލު ޖަހާ ބާސާ އަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މިއީ ފަޓީ އަނިޔާއިން ރަނަގަޅު ވެގެން އެނބުރި އައި ފަހުން ބާސާއަށް ކާމިޔާ ބު ކޮށްދިން ދެ ވަނަ ގޯލެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސާއަށް ލިބުނު ޕެނަލްޓީއަކުން ލީޑު ނަގާފައި ވާއިރު، މި ގޯލު ބާސާއަށް ކާމިޔާބު ކޮށްދިނީ ނެދަލޭންޑްސްގެ ފޯވަޑް މެމްފިސް ޑިޕާއީއެވެ. ރޭގެ މެޗު ނިމެން ގާތް ވެފައި ވަނިކޮށް ބާސާގެ ތިންވަނަ ގޯލު ޖަހައިދިނީ ފިލިޕް ކުޓީނިއޯ އެވެ.
ލަލީގާ ތާވަލުގެ ހަތްވަނައިގައި މިވަގުތު ބާސާ އޮތްއިރު، އެޓީމަށް އަށް މެޗުން ލިބިފައި ވަނީ 15 ޕޮއިންޓެވެ. މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތް ރެއާލް ސޮސިއެދާދު އޮތީ ބާސާއަށްވުރެ ފަސް ޕޮއިންޓު ކުރީގައެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް