މާލޭ ވަޅޯމަސް މާރުކޭޓް ސަރަހައްދުގައި މަސްބާނަން ހުރި ދިވެއްސަކު، ގަދަ ވަޔާއެކު މޫދަށް ވެއްޓި މަރުވެއްޖެއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ އިއްޒުއްދީން ފާލަމާއި ދިމާލުން މަސްބާނަންހުރި މީހަކު މޫދަށް ވެއްޓިގެން އުޅޭކަމުގެ މައުލޫމާތު މިއަދު ހެނދުނު 06:05 ހާއިރު ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރު މަުރވެފައިވާކަމުގެ މައުލޫމާތ ލިބިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 59 އަހަރުގެ ދިވެހި ފިރިހެެެނެކެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެމީހާ މަސްބާނަން ހުރީ ވަޅޯމަސް މާރުކޭޓް ސަރަހައްދު ނެރުބައްތި ކައިރީގައެވެ. ގަދަ ވަޔާއެކު މޫދަށް ވެއްޓިގެން ނެގި އިރުވެސް ފުރާނަ ނެތްކަމަށްވެސް މައުލޫމާތު ލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް