އައްޑޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި ފާރެއްގައި ޖެހި ޒުވާނަކު މަރުވެއްޖެ

އައްޑޫ ސިޓީގައި ސައިކަލެއް އެކްސިޑެންޓްވެ ޒުވާނަކު މަރުވެއްޖެއެވެ. އައްޑޫލައިވްގައި ރިޕޯޓްކޮށްފައިވާގޮތުގައި މީގެ އިރުކޮޅެއް ކުރިން ހިނގި މި އެކްސިޑެންޓްގައި ޒުވާނަކު މަރުވީ ބާރު ސްޕީޑްގައި ދުއްވި ސައ...

17 Oct 2021 | 21:29

އައްޑޫ ސިޓީގައި ސައިކަލެއް އެކްސިޑެންޓްވެ ޒުވާނަކު މަރުވެއްޖެއެވެ.

އައްޑޫލައިވްގައި ރިޕޯޓްކޮށްފައިވާގޮތުގައި މީގެ އިރުކޮޅެއް ކުރިން ހިނގި މި އެކްސިޑެންޓްގައި ޒުވާނަކު މަރުވީ ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކޮންޓްރޯލު ނުވެ ފާރެއްގައި ޖެހިގެންނެވެ.

"އެ ޒުވާނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ" އައްޑޫލައިވްގައި ރިޕޯޓްކޮށްފައިވެއެވެ.

މި އެކްސިޑެންޓް ހިނގި އިރު އެ ސައިކަލުގައި އިނީ އެ ޒުވާނާ އެކަނިކަމަށް މައުލޫމާތު ލިބެއެވެ.

މި އެކްސިޑެންޓާއި ގުޅޭގޮތުން ފުލުހުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް