ކޯވިޑަށް ފަރުވާ ދެމުންދިޔަ 80 އަހަރުގެ މީހަކު މަރުވެއްޖެ

ކޯވިޑް-19 އަށް ފަރުވާ ދެމުން ދިޔަ މީހަކު މަރުވެއްޖެ އެވެ. މަރުވެފައިވަނީ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހާއަށް ފަރުވާ ދެމުން ދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެވެ. އެޗްއީއޯސީން ބު...

18 Oct 2020 | 12:48

ކޯވިޑް-19 އަށް ފަރުވާ ދެމުން ދިޔަ މީހަކު މަރުވެއްޖެ އެވެ.

މަރުވެފައިވަނީ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހާއަށް ފަރުވާ ދެމުން ދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެވެ.

އެޗްއީއޯސީން ބުނީ އެމީހާ މަރުވީ މިއަދު ހަވީރު 3:50 ގައި ކަމަށެވެ.

މިއީ ރާއްޖެއިން މި ބަލީގައި މަރުވި37 ވަނަ މީހާ އެވެ.

ކޯވިޑް ޖެހިގެން އިއްޔެވެސް މީހަކު މަރުވެފައިވެ އެވެ. އިއްޔެ މަރުވެފައިވަނީ އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް ޖެހިގެން މަރުވި މީހުންގެ ތެރެއިން 31 މީހަކުންނަކީ ދިވެހިންނެވެ. މި ބަލީގައި ރާއްޖެއިން ހަ ބިދޭސީން މަރުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް