މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް ފަސް އަތޮޅަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން މިއަދު 3:35 ހާއިރު މި ސަމާލު ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގެ ސަރަހައްދަށެވެ.
އެ އެލާޓްގައި ބުނެފައިވާގޮތުގައި މިއަދު ހަވީރު 4:00 އާއި އިރުއޮއްސި 06:00 އާއި ދެމެދުގެ ވަގުތުތަކުގައި ކ އަތޮޅުން ފ. އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެއެވެ.
ފަސް އަތޮޅަކަށް ރީނދޫ ސަމާލު ނެރެފައިވާއިރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލުވެސް ވަނީ ނެރެފައެވެ. އެއީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށެވެ. ހުދު ސަމާލުވެސް ނެރެފައިވަނީ މިރޭ އިރުއޮއްސި 06:00 އާއި ހަމައަށެވެ. ސަމާލު ނެރެފައިވަނީ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް