ހިލަ ގާތަކުގައި ތާށިވި މީހާ ސަލާމަތް ކުރުމުގެ މަސައްކަތް ކުރަނީ --
މާލެ ސްކޭޓް ޕާކާ ދިމާ ތޮށިގަނޑު، ހިލަގާތަކުގެ ތެރެއަށް ވެއްޓި ތަށިވި މީހަކު ސަލާމަތްކޮށްފި އެވެ.
ފުލުހުން ބުނީ މީހަކު އެ ގާތަކުގެ ތެރޭގައި ތާށިވެގެން އުޅޭކަމުގެ ރިޕޯޓު ކުރީ މިއަދު ހަވީރު 5:16 ހާއިރު ކަމަށެވެ.
އެމީހާ ނެގުމުގެ މަސައްކަތް ކުރީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އާއި ފުލުހުން ގުޅިގެންނެވެ.
އާންމުވި ވީޑިއޯތަކުން ފެންނަ ގޮތުގައި އެމީހާ ސަލާމާތް ކޮށް ނެގުމަށް ބައެއް އާލާތްތައް ބޭނުން ކުރާތަން ފެނެ އެވެ.
ފުލުހުން ބުނީ އެމީހާ ސަލާމަތުން ގާތަކުގެ ތެރެއިން ނަގާފައިވާ ކަމަށެވެ. އަދި އައިޖީއެމްއެޗު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް