ބޭރުން ރާއްޖެއަށް އަސްގާނޑިޔަލާއި ފެރީން މީހުން އުފުލުމުގެ ވިސްނުން ދޫކޮށްލަންޖެހޭ: ސަޢީދު

ބޭރުން ރާއްޖެއަށް އަސްގާނޑިޔަލާއި ފެރީން މީހުން އުފުލުމުގެ ވިސްނުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދޫކޮށްލަންޖެހޭ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ސަޢީދު މި...

18 Sep 2020 | 15:07

ބޭރުން ރާއްޖެއަށް އަސްގާނޑިޔަލާއި ފެރީން މީހުން އުފުލުމުގެ ވިސްނުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދޫކޮށްލަންޖެހޭ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަޢީދު މިފަދައިން ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ފެރީގެ ޚިދުމަތް މި މަހު ފަށަން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓުގައި ސަޢީދު ވިދާޅުވެފައިވަނީ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް A380 ގެ މަތިންދާ ބޯޓެއް ފުރަތަމަ ޖެއްސީ ދިވެހި ޕައިލެޓާއެކު މީގެ ދެ އަހަރު ކުރިން (18.09.2018) މި ދުވަހު ކަމަށެވެ.

ވެރީން އަބަދުވެސް ބަލަންޖެހޭނީ ކުރިއަށް ކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ސައީދު ގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

https://twitter.com/em_saeed/status/1306916741541314561

ރާއްޖެ އާއި އިންޑިއާއާ ދެމެދު ފެރީގެ ޚިދުމަތް މި މަހު 20 ވަނަ ދުވަހު ފެށުމަށް ނިންމާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ.

މި ފެރީގެ ޚިދުމަތް ފަށަން ދެ ގައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުމަށް އިންޑިއާ ކެބިނެޓުން ރުހުން ދީފައިވާ އިރު، މި ޚިދުމަތް ފެށުމާއެކު ދެ ގައުމުގެ ދެމެދު މަހަކު 2-3 ދަތުރު ކުރާނެއެވެ.

މި ދަތުރުތައް ކުރާނީ ކޮޗިން އިން ކުޅުދުއްފުށީގެ ޕޯޓަށާއި މާލޭގެ ޕޯޓަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދާދިފަހުން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ރާއްޖެއާ އިންޑިއާއާއި ދެމެދު އަގުހެޔޮކޮށް ފަސިންޖަރުންނަށް ދަތުރު ކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން އިންޑިއާއިން ކަނޑުމަގުން މުދާ އެތުރުކުރެވޭނެ އިތުރު މަގުތައް ތަނަވަސްވުމާއި އިންޑިއާގެ ބާޒާރުތަކަށް ފަސޭހައިން ދިވެހީންނަށް ވާސިލުވެވޭނެ ފުރުސަތު ފަހިވެގެން ދިއުމާއި ދިވެހި އުފެއްދުންތައް އިންޑިއާގެ ބާޒާރަށް ވިއްކޭނެ މަގުވެސް ފަހިވެގެންދާނެ ކަމަށް ދެ ގައުމުގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް