ހަދަމުން ދިޔަ އިމާރާތަކުން ބިދޭސީއަކު ވެއްޓިއް މަރުވެއްޖެ

ހުޅުމާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ބިދޭސީއަކު ވެއްޓި މަރުވެއްޖެއެވެ. ފުލުހުން ވިދާޅުވީ، ހުޅުމާލޭގައި ހަދަމުން ދިޔަ އިމާރާތެއްގެ 10 ވަނަ ފަންގިފިލާއިން ބިދޭސީއަކު ވެއްޓިފައިވާ ކަމަށެވެ. އެމީހާ ވެއ...

18 Sep 2019 | 08:40

ހުޅުމާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ބިދޭސީއަކު ވެއްޓި މަރުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ހުޅުމާލޭގައި ހަދަމުން ދިޔަ އިމާރާތެއްގެ 10 ވަނަ ފަންގިފިލާއިން ބިދޭސީއަކު ވެއްޓިފައިވާ ކަމަށެވެ. އެމީހާ ވެއްޓިފައި ވަނީ މިއަދު 11:50 ހާއިރު އެވެ.

މި މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރު ބޯ ފަޅައިގެން ގޮސް، ނޭފަތުން ލޭ އައިސްފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް