ރާއްޖޭގައި ފުރަތަމަ ފަހަރަށް ސައިންޓިފިކް ޖާނަލްއެއް އޭޑީކޭ ހޮސްޕިޓަލުން ނެރެފިއެވެ.
"އޭޑީކޭ ޖަރނަލް އޮފް ހެލްތް އެންޑް މެޑިސިން"ގެ ނަމުގައި މި ޖާނަލް އިފްތިތާހްކޮށްދެއްވީ އޭޑީކޭ ހޮސްޕިޓަލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް 2019 ގެ ތެރެއިން، ހެލްތް މިނިސްޓަރު އަބްދުﷲ އަމީނެވެ. މި ކޮންފަރެންސް މިއަދު ފަށާފައި ވަނީ ޕެރަޑައިސް އައިލެންޑް ރިސޯޓުގައެވެ.
އޭޑީކޭ އިން މައުލޫމާތުދޭ ގޮތުގައި، މި ޖާނަލްއަކީ ރާއްޖޭގައި މައިބަދައާއި ސިކުނޑީގެ މައްސަލަތައް ދިމާވުމުން ޖެހޭ ބަލިތަށް ތަފްސީލުކޮށް، މި ބަލިތަކުގެ އެންމެ އެކަށޭނަ ފަރުވާތަކާއި ބެހޭގޮތުން ތައްޔާރުކޮށްފައިވާ ޖާނަލް އެކެވެ. މި ޖާނަލްގެ ސަބަބުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އޭޑީކޭ އިން ބުނެއެވެ.
އޭޑީކޭ އިން ބާއްވާ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސަކީ މިފަދަ ގޮތަކަށް ބާއްވާ ތިންވަނަ ކޮންފަރެންސެވެ. މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ގައުމުތަކުން 40 ބޭފުޅުންނާއެކު ޖުމްލަ 300 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް