މޯލްޑިވިއަން އިން ހަނިމާދޫ-ކޮޗިން ދަތުރުތައް އަންނަ މަހު 28 ގައި

ގައުމީ އެއާލައިނުން ހދ. ހަނިމާދޫ އާއި އިންޑިއާގެ ކޮޗިންއަށް ސީދާ ދަތުރުތައް އަންނަ އޮކްޓޯބަރު މަހު 28 ގައި ފަށާނެކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފިއެވެ. ހަނިމާދޫ އާއި ކޮޗިން އާ ދެމެދު އާ ރޫޓުގެ ދަތ...

18 Sep 2019 | 06:59

ގައުމީ އެއާލައިނުން ހދ. ހަނިމާދޫ އާއި އިންޑިއާގެ ކޮޗިންއަށް ސީދާ ދަތުރުތައް އަންނަ އޮކްޓޯބަރު މަހު 28 ގައި ފަށާނެކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފިއެވެ.

ހަނިމާދޫ އާއި ކޮޗިން އާ ދެމެދު އާ ރޫޓުގެ ދަތުރުތައް ފެށުން އިއްޔެ ރަސްމީކޮށް ކޮޗިންގައި އިފްތިތާހުކުރިއިރު، ހަފްތާއަކު ތިން ދުވަހު ކޮޗިން އަށް ދަތުރުކުރާނެއެވެ.

އިއްޔެގެ ރަސްމިއްޔާތުގައި އައިލަންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޖެނިފާ ވިދާޅުވީ، ކޮޗިންއަށް ސީދާ ދަތުރުތައް ފެށުމުން ފަތުރުވެރިކަން ފުޅާ ކުރުމަށް އެ އެއާލައިނުން އަދާ ކުރާ ރޯލު ބޮޑުވެގެން ދާނެ ކަމަށެވެ. ބޭނުންވަނީ އިންޑިއާގެ ފަތުރުވެރިން ރާއްޖެ އައިސް ރާއްޖޭގެ ހިތްހަމަޖެހުން ލިބިގަތުން ކަމަށާއި، މޯލްޑިވިއަންގެ ދަތުރުތައް ފެށުމާއެކު ދަތުރުގެ ފަސޭހަކަންލިބި އަތްފޯރާ ފަށުގައި ފަތުރުވެރިންނަށް ރާއްޖެ ބަލާލެވޭނެ ކަމަށެވެ.

މޯލްޑިވިއަން އިން ހަނިމާދޫ އާއި ކޮޗިން އާއި ދެމެދުގެ ދަތުރުތަކުގެ ޓިކެޓް ވިއްކާނީ 199 ޑޮލަރަށެވެ. ނަމަވެސް މާލެއިން ކޮޗިން އަށް މިހާރު 150 ޑޮލަރަށް ދަތުރުކުރެވެއެވެ.

މޯލްޑިވިއަނުން ހަނިމާދޫ އާއި ޓްރިވެންޑްރަމާ ދެމެދު ވެސް ވަނީ ދަތުރުތައް ފަށަފައެވެ. އަލަށް ފެށި ރޫޓުގެ ސަބަބުން ބޭސް ފަރުވާއަށް ކޮޗިންއަށް ދަތުރު ކުރާ ދިވެހިންނަށް ފަސޭހަތަކެއް ވެގެން ދާނެ ކަމަށް ލަފާކުރެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް