ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންގ އެކުވެރިންނާއި އެކު ރާއްޖެއަށް ޗުއްޓީ ހޭދަ ކުރުމަށް އައީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. ޗުއްޓީ ހޭދަ ކުރީ ށ. އަތޮޅުގައި ހިންގާ ސިއްރު ފެންފުށީގައި އެވެ.
ސޮނާކްޝީ ރޭ ފުރައިގެން ދިޔައީ ރާއްޖޭގައި ހުރި އޭނާގެ އެންމެ ބޮޑު ފޭން ފާތިމަތު އީނަތު (އިންނު) އާއި ބައްދަލުކޮށްފައި އެވެ. އެ ދެމީހުން ބައްދަލުވެފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. ސޮނާކްޝީ އާއި ބައްދަލު ކުރުމުގެ ފުރުސަތު ފަހިކޮށްދިނީ ސޮނާކްޝިގެ އެކުވެރި ޝާކްޝީ މިޝްރާ އެވެ.
އިންނު މީޑިއާގައި ބުނީ ސޮނާ އާއި ބައްދަލުވުމުން ވަރަށް އުފާވި ކަމަށާއި، އެއީ ހުވަފެނެއް ހަގީގަތަކަށް ވުން ފަދަ ކަމެއް ކަމަށެވެ. ގާޓްގަނޑަކަށް 10 ވަރަކަށް މިނެޓު ދެމީހުން ވާހަކަ ދައްކަން ތިބި ކަމަށެވެ. އަދި ދެން ރާއްޖެ އާދެވިއްޖެ ނަމަ ބައްދަލުވާނެ ކަމަށް އުންމީދު ކުރާ ކަމަށް ސޮނާކްޝީ ބުނި ކަމަށެވެ.
https://www.instagram.com/p/Bn1clwmHkw1/?taken-by=aslinnu10
އިންނުއަށް ސޮނާކްޝީ އާއި ބައްދަލުވުމުން ގިނަ ބަޔަކު ދަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކުރެވެނީ ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ރާއްޖެގެ އެންމެ ބޮޑު ފޭން ސުނީތާ އަލީ އެވެ.
ސުނީ ބުނެފައިވަނީ ހުވަފެނެއް ދެކެފި ނަމަ އުންމީދު ކަނޑާނުލުމަށް އިންނު ކައިރީ ބުނެފައިވާނެ ކަަމަށާއި އިންނުގެ ހުވަފެން ހަގީގަތަކަށް ވުމުން އުފާ ކުރާ ކަމަށެވެ.
ސުނީގެ ޓުވިޓާ މެސުޖުތަކަށް ޕްރިޔަންކާ ޖަވާބުދޭހެން އިންނުގެ ވަރަށް ގިނަ ޓުވީޓުތަކަށް ސޮނާކްޝީ ޖަވާބުދެ އެވެ. އެންމެ ފުރަތަމަ ސޮނާކްޝީއަށް އިންނު ފާހަގަވީ އޭނާގެ ފޮޓޯއެއް ކުރެހުމަށް ފަހު އިންނު ޓުވީޓު ކުރުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް