ދެކުނުގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ދެކުނުގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފިއެވެ. އެލާޓް ނެރެފައިވަނީ ކ. އަތޮޅާއި ސ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. ގަދަވަޔާއިއެކު ބޯކޮށް ވާރޭވެހި، ގުގުރުންވެސް އެކަށީގެން...

18 Sep 2018 | 06:54

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ދެކުނުގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފިއެވެ.

އެލާޓް ނެރެފައިވަނީ ކ. އަތޮޅާއި ސ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. ގަދަވަޔާއިއެކު ބޯކޮށް ވާރޭވެހި، ގުގުރުންވެސް އެކަށީގެން ވާނެތީ މިއަދު ހެނދުނު 6 ގަޑި 30އިން މެންދުރު 12ގަޑި 30އަށް މީޓިއޮރޮލޮޖީން ވަނީ ވައިޓް އެލާޓް ނެރެފައެވެ.

މީޓިއޮރޮލޮޖީން ބުނި ގޮތުގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް އާންމު ގޮތެއްގައި އުޑުމަތި ބަނަވާނެއެވެ. އަދި އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްރަށަށް ގުގުރުންވެސް އެކަށީގެންވާނެކަމަށް މީޓިއޮރޮލޮޖީން ވަނީ ބުނެފައެވެ.

ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށް މީޓިއޮރޮލޮޖީން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް