މިއަދު ހަވީރު ބައެއް ވަގުތުތަކުގައި މާލެ އާއި ހުޅުލެ ގުޅުވައިދޭ ސިނަމާލެ ބްރިޖުގައި އާންމު ދަތުރުފަތުރު ކުރުން މަނާވާނެ ކަމަށް ފުލުހުން ބުނެފި އެވެ.
މިއަދު ބްރިޖު ހިމެނޭ ސަރަހައްދުގައި ގައުމީ ޓީމު ސާފްޗެމްޕިއަން ޓީމް ތަށި ހިފައިގެން ރާއްޖެ އައުމާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ ހުޅުވުމަށް ހާއްސަ ރަސްމިއްޔާތުތަކެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ. ފުލުހުން ބުނީ އެ ހަރަކާތްތަކާއި ގުޅިގެން ހަވީރު ދެ ގަޑިއެއްގައި ބްރިޖު ބަންދު ވާނެ ކަމަށެވެ.
އެއީ ހަވީރު 4:15 ން 5:15 އަށް އަދި 5:30 ން 6:30 އަށެވެ. އާ ރަންވޭ ހުޅުުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނެ އެވެ.
އޭގެ ތެރޭގައި ދުނިޔޭގައި މިހާތަނަށް ބޭނުންކުރާ އެންމެ ބޮޑު ފަސިންޖަރު މަތިންދާބޯޓު އޭ380 އާ ރަންވޭގައި ޖައްސާނީ މާލެ ވަށައި 1000 ފޫޓު މަތިން ބުރު ޖެހުމަށް ފަހު އެވެ. އޭގެ ފަހުން އެމްއެންޑީއެފުން ޕެރަޝޫޓާއެކު އެއާޕޯޓަށް ފުންމާލުމުގެ ހަރަކާތުގެ އިތުރުން ހަ ސީޕްލޭން 200 ފޫޓު ތިރިން މާލެ ވަށައި ބުރެއް ޖެހުން އޮންނާނެ އެވެ.
ސީޕްލޭންގެ ފްލައި ޕާސް ކުރިޔަށްދާނީ ސިނަމާލެ ބްރިޖް ކައިރިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް