އައިޖީއެމްއެޗުގައި ސްޓްރޯކަށް ހާއްސަ ސެންޓަރެއް ހުޅުވައިފި

އައިޖީއެމްއެޗުގައި ސްޓްރޯކަށް ހާއްސަކޮށް ފަރުވާ ދިނުމަށް ސެންޓަރެއް ހުޅުވައިފި އެވެ. އައިޖީއެމްއެޗުން ބުނީ އެ ސެންޓަރުން 24 ގަޑިއިރު ފަރުވާ ދޭނެ ކަމަށެވެ. އެތަނުގައި ހަ އެނދު ހުންނާނެ ކަމަށާއި އޭގެ ތެ...

18 Aug 2020 | 06:19

އައިޖީއެމްއެޗުގައި ސްޓްރޯކަށް ހާއްސަކޮށް ފަރުވާ ދިނުމަށް ސެންޓަރެއް ހުޅުވައިފި އެވެ.

އައިޖީއެމްއެޗުން ބުނީ އެ ސެންޓަރުން 24 ގަޑިއިރު ފަރުވާ ދޭނެ ކަމަށެވެ. އެތަނުގައި ހަ އެނދު ހުންނާނެ ކަމަށާއި އޭގެ ތެރެއިން ދެ އެނދަކީ ވެންޓިލޭޓަރުގައި ފަރުވާ ދެވޭގޮތަށް އައިސީޔޫގައި ބޭނުން ކުރާނެ އެނދު ކަމަށެވެ.

އައިޖީއެމްއެޗުން ބުނީ އެ ސެންޓަރުން ސްޓްރޯކް ޖެހޭ މީހުންނަށް ލިބެން ޖެހޭ ފަރުވާ އަވަސްވެ، ގާތުން ފަރުވާދިނުމަށް މސޭހަ ވާނެ ކަމަށެވެ. މި ސެންޓަރު ހުޅުވުމުން ސްޓްރޯކް ޖެހޭ މީހުންގެ ފުރާނައަށް ގެއްލުންވާ މިންވަރު ކުޑަވާނެ ކަމެއްކަން އައިޖީއެމްއެޗުން ފާހަގަކުރި އެވެ.

ސްޓްރޯކް ޖެހިފައި ރަނގަޅުވަމުން އަންނަ މީހުންނަށް ސްޕީޗް ތެރަޕީ ދިނުމާއި، ފިޒިއޮތެރަޕީ އަދި އޮކިއުޕޭޝަނަލް ތެރަޕީގެ ހިދުމަތް މި ސެންޓަރުން ލިބޭނެ ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.

ސްޓްރޯކް ޖެހޭ މީހުންގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނާއި މެދު އުމުރުގެ މީހުން ކަމަށް ވިޔަސް ދިވެހިންގެ ތެރޭގައި މިހާރު ޒުވާނުންނަށް ވެސް މިފަދަ ސިއްހީ ނުރައްކާތައް ކުރިމަތިވަމުން އަންނަ ކަމަށް ސިއްހީ ތަޖުރިބާކާރުން ވިދާޅުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް