ކުދި ވިޔަފާރި ކުރާ 1,579 ފަރާތަކަށް 222.9 މިލިއަން ރުފިޔާގެ ލޯނު ދީފި

ކޮވިޑް-19 އާ ގުޅިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން މިހާތަނަށް 222 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް ފިނޭ...

18 Aug 2020 | 05:25

ކޮވިޑް-19 އާ ގުޅިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން މިހާތަނަށް 222 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، މިރޭގެ ނިޔަލަށް ޖުމްލަ 1,579 ފަރާތަކަށް 222.9 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ވަނީ ދޫކޮށްފަ އެވެ. އޭގެ ތެރޭގައި ކުދި ވިޔަފާރިތަކާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތައް ހިމެނެ އެވެ.

އެގޮތުން 1،046 ކުދި ވިޔަފާރިއަކަށް 209.9 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައިވާ އިރު، އަމިއްލަ މަސައްކަތް ކުރާ 433 މީހަކަށް 13 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

މި ލޯނަށް އެދި ޖުމްލަ 2،983 ފަރާތަކުން ހުށަހަޅާފައިވާއިރު، ލޯނު ދިނުމަށް ނިންމާފައިވަނީ 1،711 ފަރާތަަކަށް ޖުމްލަ 301 މިލިއަން ރުފިޔާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މުދާ ވިއްކުމުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް 658 ވިޔަފާރިއަކަށް 156.1 މިލިއަން ރުފިޔާގެ ލޯން ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެސްޑީއެފްސީ އަމިއްލަ މަސައްކަތް ކުރާ 494 ފަރާތަކަަށް 14.7 މިލިއަން ރުފިޔާގެ ލޯން ދޫކުރުމަށް ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން، އަންހެނުން އިސްވެ ހިންގާ ވިޔަފާރިތަކުން ލޯނަށް އެދި ހުށަހެޅި 683 ފަރާތުގެ ތެރެއިން 456 ފަރާތަކަށް ލޯން ދޫކުރުމަށް ވަނީ ނިންމައިފައިވާ އިރު، މިއީ ޖުމްލަ 97.6 މިލިއަން ރުފިޔާގެ ލޯނެވެ.

ފިނޭންސް މިނިސްޓްރީއާ ގުޅިގެން އެސްޑީއެފްސީން ތައާރަފު ކޮށްފައިވާ މި ލޯނު ސްކީމު ގެ ދަށުން ލޯނު ދޭނީ ހަ އިންސައްތަ އިންޓްރެސްޓުގަ އެވެ. މި ލޯނު ދައްކަން ގިނަ ވެގެން ތިން އަހަރު ލިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް