ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓް ވެގެން އަމީން އާންމާއި 2 މެންބަރަކު އެކަހެރި ކޮށްފި

ކޯވިޑް-19އަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓް ވެގެން މަޖިލީހުގެ އަމީން ޢާންމާއި 2 މެންބަރަކު އައިސޮލޭޝަންގައި ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ރައްޔިތުން މަޖިލީހުގ...

18 Aug 2020 | 05:02

ކޯވިޑް-19އަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓް ވެގެން މަޖިލީހުގެ އަމީން ޢާންމާއި 2 މެންބަރަކު އައިސޮލޭޝަންގައި ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ 2 މެންބަރަކު އައިސޮލޭޝަން ގައި ވާ ކަމަށާއި، މަޖިލީހުގެ އަމީން ޢާންމުވެސް އައިސޮލޭޝަންގައި ވާ ކަމަށެވެ.

އައިސޮލޭޝަންގައި ތިއްބެވީ މާފަންނު އުތުރު ދާއިރާ މެންބަރު އިމްތިޔާޒު ފަހުމީ، ފޭދޫ ދާއިރާ މެންބަރު މުޙައްމަދު ނިހާދު އަދި ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛާ ފާތިމަތު ނިޔުޝާ އެވެ.

މަޖިލީހުގެ މިޑިއާ އޮފިޝަލް ވިދާޅުވީ، އެ ތިން ބޭފުޅުން އަސޮލޭޓްކޮށްފައި ވަނީ ޕޮޒިޓިވްވި މީހަކާ ބައްދަލުވެގެން ކަމަށެވެ.

މީގެ ކުރިންވެސް މަޖިލީހުގެ ބައެއް މުވައްޒަފުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި ބައެއް މުވައްޒަފުންނާއި މެމްބަރުން ވަނީ މީގެ ކުރިން ކަރަންޓީންވެސް ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް