ޓަގު ބޯޓުގެ ކެޕްޓަނާއި ޗީފް އިންޖިނޭރު ފުރުން ވާނީ މަނާކޮށްފައި: ފުލުހުން

އަދީބު ފިއްލަވަން މަސައްކަތް ކުރެއްވި ޓަގު ބޯޓު (ވާގޯ 09) ގެ މައްސަލައެއް ބަލަމުން އަންނަ ކަމަށާއި އެގޮތުން އެ ބޯޓުގެ ކެޕްޓަނާއި ޗީފް އިންޖިނޭރު ފުރުން މަނާކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ. މީޑިއާ...

18 Aug 2019 | 12:38

އަދީބު ފިއްލަވަން މަސައްކަތް ކުރެއްވި ޓަގު ބޯޓު (ވާގޯ 09) ގެ މައްސަލައެއް ބަލަމުން އަންނަ ކަމަށާއި އެގޮތުން އެ ބޯޓުގެ ކެޕްޓަނާއި ޗީފް އިންޖިނޭރު ފުރުން މަނާކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނީ ޓަގް ބޯޓު ވާގޯ 9 އާއި ގުޅޭ މައްސަލައެއް ތަހުގީގުކުރާތީ އެ ތަހުގީގުގެ ބޭނުމަށްޓަކައި އެ ޓަގުބޯޓު ރާއްޖެ އައުމުން ހިފަހައްޓަވާ ދެއްވުމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގައި 6 އޯގަސްޓް 2019 ވަނަ ދުވަހު ދެންނެވި އެ ދުވަހުން ފެށިގެން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ހުއްދަ ނެތި އެ ޓަގު ބޯޓު ފުރުން މަނާކުރެވިފައިވާކަމަށެވެ.

"17 އޯގަސްޓް 2019 ވަނަ ދުވަހުން ފެށިގެން ޓަގު ބޯޓުގެ ކެޕްޓަން އާއި ޗީފް އިންޖިނޭރު ފުރުން މަނާކޮށްފައިވާ ނަމަވެސް ދެން ތިބި ފަޅުވެރިން ފުރުން މަނާކޮށްފައެއް ނުވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި މި މައްސަލައާއި ގުޅިގެން އެ ޓަގު ބޯޓުގެ އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކުރެވިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް