ޑައިވްކުރަން ފޭބި ފަތުރުވެރިއެއް ގެއްލިގެން ހޯދަނީ

"ކަނޑޫމާ ތިލަ" އަށް ޑައިވްކުރަން ފޭބި އަންހެން ފަތުރުވެރިޔެއްގެ ޚަބަރު ނުވެގެން އެމްއެންޑީއެފުން ހޯދަން ފަށައިފިއެވެ. މި ހާދިސާ ރިޕޯޓުކޮށްފައި ވަނީ މިއަދުގެ 13:09 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫ...

18 Aug 2019 | 09:28

"ކަނޑޫމާ ތިލަ" އަށް ޑައިވްކުރަން ފޭބި އަންހެން ފަތުރުވެރިޔެއްގެ ޚަބަރު ނުވެގެން އެމްއެންޑީއެފުން ހޯދަން ފަށައިފިއެވެ.

މި ހާދިސާ ރިޕޯޓުކޮށްފައި ވަނީ މިއަދުގެ 13:09 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. މި އަންހެން މީހާ ހޯދުމުގެ މަސައްކަތް މިހާރު އެމްއެންޑީއެފްގެ ޑައިވަރުން ކުރަމުން ދާކަމަށް ވެސް ވިދާޅުވިއެވެ.

OCA M7 S ނަމަކަށް ކިއުނު ސަފާރީއެއްގައި މި އަންހެން މީހާ ޑައިވްކުރަން ފޭބީ 22 ގެސްޓުން ހިމެނޭ ގުރޫޕެއްގައި ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް