އޯޑަރު ކުރި ސޭންޑްވިޗް ލަސް ވުމުން ވޭޓަރު ގަޔަށް ބަޑިޖަހާ މަރާލައިފި

ފްރާންސްގެ ޕެރިސްގައި ހިންގަމުން އަންނަ އާދައިގެ ކުޑަ ރެސްޓޯރެންޓެއްގައި މީހަކު އޯޑަރު ކުރި ސޭންޑްވިޗެއް ލަސް ވުމުން އެ އޯޑަރު ނެގި ވޭޓަރު ގަޔަށް ބަޑިޖަހާ މަރާލައިފިއެވެ. މިކަން ނޫސްތަކުގައި ރިޕޯޓްކޮށ...

18 Aug 2019 | 08:43

ފްރާންސްގެ ޕެރިސްގައި ހިންގަމުން އަންނަ އާދައިގެ ކުޑަ ރެސްޓޯރެންޓެއްގައި މީހަކު އޯޑަރު ކުރި ސޭންޑްވިޗެއް ލަސް ވުމުން އެ އޯޑަރު ނެގި ވޭޓަރު ގަޔަށް ބަޑިޖަހާ މަރާލައިފިއެވެ.

މިކަން ނޫސްތަކުގައި ރިޕޯޓްކޮށްފައިވާއިރު ބުނެފައިވަނީ ރޭގެ ވަގުތެއްގައި ހިނގި މި ހާދިސާގައި މަރުވެފައިވަނީ 28 އަހަރުގެ މީހެއް ކަމަށެވެ.

އޭނާ މަރުވީ މީހަކު އޯޑަރު ދިން ސޭންޑްވިޗެއް ލަސްވުމުން، އެމީހާ ރުޅި އައިސްގެން ވެއިޓަރުގެ ކޮނޑަށް ބަޑި ޖެހުމުގެ ސަބަބުން ކަމަށް ބުނެފައިވެއެވެ. އަދި ބަޑި ޖެހުމަށްފަހު އެމީހާ ފިލާފައިވާކަމަށާއި ފިލި މީހާ ހޯދުމުގެ މަސައްކަތް ފްރާންސްގެ ޕެރިހުގެ ފުލުހުން ކުރަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް