މިއަހަރުގެ އަމީރުލް ހައްޖުގެ ގޮތުގައި ރާއްޖެއިން ހައްޖަށް ވަޑައިގަތް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ހައްޖުގެ އަޅުކަމަށްފަހު މިއަދު ރާއްޖެ ވަޑައިގެންނަވައިފިއެވެ.
އަސްލަމް ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ފަހު ރާއްޖެ ވަޑައިގަތް އިރު، ރާއްޖެއިން ހައްޖަށް ދިޔަ މީހުން މިއަދުން ފެށިގެން އެނބުރި ރާއްޖެ އައުން މިވަނީ ފެށިފައެވެ. އެންމެ ފުރަތަމަ ރާއްޖެ އަންނަން ހަމަޖެހިފައިވަނީ ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި ހައްޖަށް ދިޔަ މީހުންނެވެ.
މިއަހަރު ހައްޖަށް މީހުން ގެންދިޔުމުގެ ފުރުސަތު ހައްޖު ކޯޕަރޭޝަންގެ އިތުރުން ދީފައިވަނީ 5 ގުރޫޕަކަށެވެ. އެއީ ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑާއި، ޒައީ ގްރޫޕާއި، އަލް ހަރަމައިން އަދި މިނާ އާއި އެކްރޯ ހައްޖު ގްރޫޕެވެ.
1440 ވަނަ އަހަރުގެ އަމީރުލް ޙައްޖު މިނިސްޓަރ އޮފް ޕްލޭނިންގ އެންޑް އިންފުރާސްޓްރކްޗަރ އަލްފާޟިލް މުޙައްމަދު އަސްލަމް އެނބުރި ރާއްޖެ ވަޑައިގަތުން#MVIaffairs #HajjMV pic.twitter.com/UsyWV4bS6u
— Ministry of Islamic Affairs (@MVIaffairs) August 18, 2019
ރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ކަންކަން ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހުންނަވާ ބޭފުޅަކަށް އަސްލަމް ކަނޑައެޅުއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް