ޗެނަލް 13 ގެ އަގުހުރި މުދާތަކެއް އިއްޒުއްދީން ފާލަން ކައިރިން ފުލުހުން ހޯދައިފި

ޗެނަލް13 ގެ އަގުހުރި މުދާތަކެއް އިއްޒުއްދީން ފާލަން ކައިރިން ފުލުހުން ހޯދައިފިއެވެ. ފުލުހުން ބުނެފައިވަނީ ރޭގެ ވަގުތެއްގައި 100،000 ރުފިޔާގެ އަގުހުރި މުދަލާއެކު، ވެރިޔަކު ނެތި އިއްޒުއްދީން ފާލަން ކައި...

18 Aug 2019 | 06:57

ޗެނަލް13 ގެ އަގުހުރި މުދާތަކެއް އިއްޒުއްދީން ފާލަން ކައިރިން ފުލުހުން ހޯދައިފިއެވެ.

ފުލުހުން ބުނެފައިވަނީ ރޭގެ ވަގުތެއްގައި 100،000 ރުފިޔާގެ އަގުހުރި މުދަލާއެކު، ވެރިޔަކު ނެތި އިއްޒުއްދީން ފާލަން ކައިރީގައި ހުރި ފޮށިގަނޑެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އަދި އެ ފޮށީގައި ހުރި އެއްޗެހި ބެލި ބެލުމުން އެއީ ޗެނަލް 13 ގެ އެއްޗެހި ކަން އެނގިފައިވާކަމަށްވެސް ފުލުހުން ވަނީ މަޢުލޫމާތު ދީފައެވެ.

އެ ތަކެތި މިހާރު ވަނީ ޗެނަލް 13 އާއި ހަވާލު ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް