ކުނބުރުދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

އދ. ކުނބުރުދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މީހާ ކުނބުރުދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނީ މާލެއިން ފުރައިގެން އެރަށަށް އައި ދޯންޏަކުން މިމަހުގ...

18 Aug 2019 | 06:52

އދ. ކުނބުރުދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މީހާ ކުނބުރުދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނީ މާލެއިން ފުރައިގެން އެރަށަށް އައި ދޯންޏަކުން މިމަހުގެ 15 ވަނަ ދުވަހުއެވެ. އެމީހާ ފުލުހުން ހައްޔަރުކޮށްފައި ވަނީ އެރަށު ބަނދަރުން އެދުވަހުގެ 17:55 ހާއިރުއެވެ.

ފުލުހުން ވިދާޅުވީ، ކުނބުރުދޫ ބަނދަރުމަތިން މި މީހާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކުޑަ ރަބަރު ޕެކެޓެއްގެ އިތުރުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބުލެޓް ސައިޒުގެ ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ ދިވެހި ފިރިހިނެކެވެ.

މި މައްސަލައާ ގުޅިގެން އެމީހާގެ ބަންދާ މެދު ގޮތެއްނިންމުމަށް އދ. އޮމަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފައިވެއެވެ. މި މައްސަލަ އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް