މަރުވެފައި އޮއްވާ ފެނުނީ ފުޓުބޯޅް ކުޅުންތެރިޔާ ރިޒުވާން

މައްޗަންގޯޅި ކުދިރަތްމާ ގޯޅިތެރޭ ހުރި ގެޔަކުން މިއަދު މަރުވެފައި އޮއްވާ ފެނިފައިވަނީ ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު އިބްރާހިމް ރިޒުވާން ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ. ފުލުހުން މަޢުލޫމާތު ދެމުން ބުނެފަ...

18 Aug 2019 | 05:29

މައްޗަންގޯޅި ކުދިރަތްމާ ގޯޅިތެރޭ ހުރި ގެޔަކުން މިއަދު މަރުވެފައި އޮއްވާ ފެނިފައިވަނީ ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު އިބްރާހިމް ރިޒުވާން ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

ފުލުހުން މަޢުލޫމާތު ދެމުން ބުނެފައިވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނަކު މާލޭ ގެއެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ.

މި މީހާގެ ހަށިގަނޑު މިއަދު 6:25 ހާއިރު ވަނީ އައިޖީއެމްއެޗް އަށް ގެންގޮސްފައެވެ. މި މީހާގެ މަރާއި ބެހޭ ތަހުގީގުތައް މިހާރު ދަނީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ކުރިޔަށް ގެންދަމުންނެވެ.

މީގެކުރިން ވިކްޓްރީ ސްޕޯޓްސް ކްލަބް އަދި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަށް ކުޅެފައިވާ އިބްރާހިމް ރިޒުވާން (ބަގޭ) އެންމެ ފަހުން ފެނިގެންދިޔައީ ވެލެންސިއާއިން މިދިޔަ ސީޒަނުގައެވެ. ވެލެންސިއާ ރެލިގޭޓްވި ފަހުން އޭނާ ފުރަތަމަ ޑިވިޝަންގެ ކްލަބަކުން ފެނިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް