މާލޭ ގެޔަކުން މަރުވެފައި އޮތް މީހާކު ފެނިއްޖެ

މާލޭ ގެޔަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ. މައްޗަންގޯޅި ކުދިރަތްމާ ގޯޅިތެރޭ ހުރި ގެޔަކުން މިއަދު މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ފެނުނު އިރު، ބަލާ...

18 Aug 2019 | 05:03

މާލޭ ގެޔަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

މައްޗަންގޯޅި ކުދިރަތްމާ ގޯޅިތެރޭ ހުރި ގެޔަކުން މިއަދު މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ފެނުނު އިރު، ބަލާބެލުމަށް މަރުވިތާ ވަރަށް ގިނަ އިރު ވެފައިވާހެން ހީވެއެވެ.

މި މީހާގެ ހަށިގަނޑު މިއަދު 6:25 ހާއިރު ވަނީ އައިޖީއެމްއެޗް އަށް ގެންގޮސްފައެވެ. މި މީހާގެ މަރާއި ބެހޭ ތަހުގީގުތައް މިހާރު ދަނީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ކުރިޔަށް ގެންދަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް