ޤާނޫނަށް އިސްލާހު ގެނައުމުގެ ތިން ބިލެއް ސަރުކާރުން މަޖިލީހަށް ފޮނުވައިފި

ތިން ޤާނޫނަކަށް އިސްލާހު ގެނައުމުގެ ތިން ބިލެއް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށޤ ފޮނުވައިފިއެވެ. ސަރުކާރުން އިސްލާހު ގެނައުމަށް މަޖިލީހަށް ފޮނުވާފައިވާ ތިން ޤާނޫނަކީ ރިޔާސީ އިންތިޚާބުގެ ޤާނޫނާއި، ޞ...

18 Aug 2019 | 04:40

ތިން ޤާނޫނަކަށް އިސްލާހު ގެނައުމުގެ ތިން ބިލެއް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށޤ ފޮނުވައިފިއެވެ.

ސަރުކާރުން އިސްލާހު ގެނައުމަށް މަޖިލީހަށް ފޮނުވާފައިވާ ތިން ޤާނޫނަކީ ރިޔާސީ އިންތިޚާބުގެ ޤާނޫނާއި، ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށްދޭންޖެހޭ ރައްކާތެރިކަމާ އިނާޔަތާބެހޭ ޤާނޫނަށެވެ.

ރިޔާސީ އިންތިޚާބުގެ ޤާނޫނަށް އިސްލާޙު ގެނައުމަށް ހުށަހަޅާފައިވަނީ ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހަކު އެއްވެސް އިރެއްގައި ބޭރު ޤައުމެއްގެ ރައްޔިތަކު ކަމުގައި ވެފައިވާނަމަ، ނުވަތަ ބޭރު ޤައުމެއްގެ ޙިމާޔަތް ނުވަތަ ރައްކާތެރިކަން ހޯދާފައިވާނަމަ އެމީހަކަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލެވޭނީ އެމީހަކު ބޭރު ރައްޔިތުކަން ނުވަތަ ބޭރު ޤައުމެއްގެ ޙިމާޔަތް ނުވަތަ ރައްކާތެރިކަން ދޫކޮށްލިތާ މަދުވެގެން 10 އަހަރު ފަހުން ކަމަށް އޮތް ބައި އުނިކޮށް އެ ޤާނޫނު އިސްލާޙުކުރުމަށެވެ.

ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނަށް އިޞްލާޙު ހުށަހަޅަނީ، އެއްވެއުޅުމުގެ މިނިވަންކަން ހަނިކޮށް، އެއްވެއުޅެވޭނެ ސަރަޙައްދުތަކެއް ކަނޑައެޅުމަށް ވަރަށް ފުޅާ ދާއިރާއެއްގެ އިޚްތިޔާރުތަކެއް ސަރުކާރަށް ލިބިދިނުމަށާއި، އެވަގުތު އިދިކޮޅު ފަރާތްތަކުގެ ސިޔާސީ ޙަރަކާތްތައް ހުއްޓުވުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، ދިވެހިރާއްޖޭގެ ވެރިކަން ކުރާ ރަށް ކަމުގައިވާ މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅައި ޢާންމުކޮށް އިޢުލާންކޮށްފައިވާ ތަންތަނުގައި އެކަނިކަމަށް ކަނޑައަޅާފައިވާބައި އުނިކޮށް، ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު އިސްލާޙުކުރުމަށެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތާބެހޭ ޤާނޫނަށް ހުށައަޅާފައިވާ އިޞްލާޙަކީ، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު، އެ މަޤާމުގައި ހުރިއިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާނަމަ، އޭނާއާ އޭނާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ޤާނޫނުގެ ދަށުން ލިބިދޭ ރައްކާތެރިކަމާއި ޢިނާޔަތް ނުލިބޭގޮތަށް އޮތް އޮތުން އިސްލާޙުކުރުމަށް ހުށަހަޅާ އިޞްލާޙެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް