ކ އަތޮޅާއި އައްޑު އަތޮޅާއި ދެމެދުގެ ރަށްތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފައިވަނީ މިއަދު ހަވީރު 4 ން ފެށިގެން މިރޭ 10 ޖެހުމާ ހަމައަށް އެ ސަރަހައްދުގެ މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމުގައެވެ.
ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައިވާއިރު ވިދާ ގުގުރާނެކަމަށް މެޓް އޮފީހުން ހާމަކުރެއެވެ. އަދި ކޮޅިގަނޑުގައި 45 މޭލަށް ވައި ގަދަ ވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
މިދުވަސް ވަރަކީ ޗުއްޓީ ދުވަސް ވަރަށް ވެފައި ގިނަ ބަޔަކު އެކިތަންތަނަށް ދަތުރު ކުރަމުންދާއިރު މޫސުން ގޯސް ދުވަސް ވަރަކަށް ވުމުން ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް