ކޯފީ އަނާން އަވަހާރަވެއްޖެ

އދ ގެ ކުރީގެ ސެކެޓްރީ ޖެނެރަލް ކޯފީ އަނާން އަވަހާރަވެއްޖެއެވެ. ކޯފީ އަނާން އަވަހާރަވީ އުމުރުން ފުޅުން 80 އަހަރު ފުޅުގައެވެ. ކޯފީ އަނާން އަވާހަރަވީ ކުޑަ އާލާސްކަން ފުޅެއްގައި އުޅުއްވާފައި ކަމަށް ކޯފީ އ...

18 Aug 2018 | 10:14

އދ ގެ ކުރީގެ ސެކެޓްރީ ޖެނެރަލް ކޯފީ އަނާން އަވަހާރަވެއްޖެއެވެ. ކޯފީ އަނާން އަވަހާރަވީ އުމުރުން ފުޅުން 80 އަހަރު ފުޅުގައެވެ. ކޯފީ އަނާން އަވާހަރަވީ ކުޑަ އާލާސްކަން ފުޅެއްގައި އުޅުއްވާފައި ކަމަށް ކޯފީ އަނާންގެ ފައުންޑޭޝަނާ ހަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

ކޯފީ އަނާން އދ ގެ ސެކެޓްރީ ޖެނެރަލް ކަން ކުރައްވާފައިވަނީ 1997 ން 2006 ހާ ހަމައަށެވެ.  ކަޅު ނަސްލުގެ ބޭފުޅަކަށް ދުނިޔޭގެ މަތީ މަޤާމެއް އަދާކުރެއްވެވި ފުރަތަމަ ބޭފުޅަކީ ކޯފީ އަނާންއެވެ. ކޯފީ އަނާން އެންމެ ފަހުން ހުންނެވީ ސީރިޔާއަށް އދ އިން ކަނޑައަޅާފައި ހުންނަވާ ޚާއްސަ އެންވޯއީގެ ގޮތުގައެވެ.

ކޯފީ އަނާން އަވަހާރަވުމާއި ގުޅިގެން ކޯފީއަނާންގެ ފައުންޑޭޝަނުން ހާމަކޮށްފައިވަނީ ކޯފީއަނާން އަކީ ދުނިޔެއަށް ހަމަޖެހުން ހޯދައިދިނުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް