ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދުނިޔެއަށް އުފަންވެވަޑައިގެންނެވިއިރުވެސް ރާއްޖެއަކީ މުސްލިމް ގައުމެއް ކަމުގައި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވެފައިވަނީ ޓްވިޓާގައި ކުރިއަށްގެންގޮސްފައިވާ ކޮންވަޒޭޝަނެއްގައެވެ.
އެ ކޮންވަޒޭޝަނަކީ އިސްލާމްދީން ރާއްޖޭގައި އޮންނާނީ ޔާމީން އިންތިހާބުކޮށްގެންކަމުގައި ޑރ. ޝަހީމް ވިދާޅުވެފައިވާ ހަބަރެއްގެ ޝުރުހީއާއެކު ފެށިފައިވާ ކޮންވަޒޭޝަނެކެވެ.
އެ ކޮންވަޒޭޝަން ފަށާފައިވާމީހާ ވަނީ ޑރ. އިޔާޒްއާއި އަދި އިސްލާމިކް މިނިސްޓްރީއާއި އިތުރު ބައެއް ބޭފުޅުން ޓެގް ކުރައްވައި ޑރ. ޝަހީމް ކުރުވީތޯ ސުވާލު އުފެދޭފަދަ ގޮތަކަށް ސުވާލު އުފައްދާފައެވެ.
"ޔާމީން ދުނިޔެއަށް އުފަންވެވަޑައިގެންއިރުވެސް ރާއްޖެއަކީ މުސްލިމް ގައުމެއް، މިއަދާއި ހަމައަށްވެސް މިއީ މުސްލިމް ގައުމެއް، އަލްހަމްދުލިﷲ" އިޔާޒް ވިދާޅުވެފައިވެ އެވެ.
އިޔާޒް މިހެން ވިދާޅުވެފައިވާއިރު ސަރުކާރުގެ އަދި ޕީޕީއެމްގެ ބައެއް ބޭބޭފުޅުން ޑރ. އިޔާޒް ސިފަކުރައްވަމުން އަންނަނީ އިދިކޮޅު ދީނީ އިލްމުވެރިއެއްގެގޮތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް