އީސީއާ ބެހޭގޮތުން ހަޤީޤަތާއި ޚިލާފު ވާހަކަދައްކާ މީޑިޔާތަކުގެ މައްސަލަ ބަލާނަން – ޝަރީފް

ބައެއް ސިޔާސީ ބޭފުޅުން ވިދާޅުވާ ވާހަކަ، އޭގެ ޞައްހަކަން ބެލުމެއް ނެތި، ކޮމިޝަންގެ ބަހެއް ނުހޯދާ ފަލަ ސުރުޚީތަކަށް މީޑިޔާތަކުން މިފަހަކަށް އައިސް ގެންނަމުން ދާ ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމ...

18 Aug 2018 | 09:29

ބައެއް ސިޔާސީ ބޭފުޅުން ވިދާޅުވާ ވާހަކަ، އޭގެ ޞައްހަކަން ބެލުމެއް ނެތި، ކޮމިޝަންގެ ބަހެއް ނުހޯދާ ފަލަ ސުރުޚީތަކަށް މީޑިޔާތަކުން މިފަހަކަށް އައިސް ގެންނަމުން ދާ ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ޝަރީފް ވިދާޅުވީ މިވީހާތަނަށް އެފަދަ ސުރުޚީތަކަށް އިލެކްޝަން ކޮމިޝަނުން " އަޅާލާފައި ނުވާނެ " ކަމަށެވެ.

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ، މިހާރު ރަސްމީކޮށް ކެމްޕޭން ފެށުމުން ހަޤީޤަތާއި ޚިލާފު އެފަދަ ވާހަކަތައް ލިޔާނަމަ އެކަން ބަލާނެކަމުގައެވެ.

" އެފަދަ ސުރުޚީތަކުގައި ހަޤީޤަތާއި ޚިލާފު ވާހަކަތައް ލިޔާނަމަ ، އިލެކްޝަން ކޮމިޝަންގެ ބަސް ހޯއްދަވާފައި އެ ހަޤީޤަތް ހާމަކުރެއްވުމަކީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މީޑިޔާގެ ޒިންމާއަކީ. ރައްޔިތުންނަށް ހާމަކަން ބޮޑު ހަޤީޤަތް އޮޅުން ފިލުވައި ދިނުން އެއީ މީޑިޔާގެ ޒިންމާކަމުގައި އަޅުގަނޑު ޤަބޫލުކުރަނީ. އެހެންވީމާ އެފަދަ ފަރާތްތަކާ ދޭތެރޭވެސް ކަމާބެހޭ މުއައްސަސާތައް މެދުވެރިކޮށް މައްސަލަ ބަލަމުންދާނެ ވާހަކަ ދަންނަވާލަން. " ޝަރީފު ވިދާޅުވިއެވެ.

ޝަރީފުގެ ވާހަކައިގައި ވަނީ އިލެކްޝަން ކޮމިޝަނާ ގުޅޭ ގޮތުން ދޮގުވާހަކަތައް ދައްކަމުންދާކަން ފާހަގަކުރައްވާ އިލެކްޝަން ކޮމިޝަނުން ވޯޓު އޮޅުވާލުމުގެ އެއްވެސް ކަމެއް ނުކުރާކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް